ކޮރޯނާވައިރަހާއި ގުޅޭ ދޮގު މައުލޫމާތުތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދުނިޔޭގެ އެކި ހިސާބުތަކުން 800 އެއްހާ މީހުން މަރުވެފައިވާ ކަމަށް ދިރާސާވެރިން ބުނެފި އެވެ.

އެމެރިކަން ޖާނަލް އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީންގައި ޝާއިއު ކޮށްފައިވާ ދިރާސާގައިވާ ގޮތުން މީސްމީޑިއާގައި ދައުރުވާ ދޮގު މައުލޫމާތުގެ ސަބަބުން 5،800 މީހުން ހޮސްޕިޓަލްގައި އެޑްމިތްކޮށް ފަރުވާދީފައިވާ ކަމަށެވެ.

ވައިރަހަށް ފަރުވާއެއް ކަމަށް ބުނެ މެތަނޯލް އާއި އަލްކަހޯލް ހިމެނޭ އެހެނިހެން ތަކެތި ބުއިމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި ވައިރަހާއި ގުޅޭ ސާބިތުނުހިފޭ މައުލޫމާތު، ވައިރަހާ އެއްވަރަށް ފެތުރިގެންގޮސްފައިވާ ކަމަށެވެ.

މިފަދަ މައުލޫމާތު ތަކަށް ބިނާކޮށް، ސިއްހީ ނަސޭހަތް ކަމަށް ގަބޫލުކޮށް ބައެއް މީހުންވަނީ ވައިރަހުން ރައްކާތެރިވުމުގެ ނަމުގައި ގިނަ އަދަދަކަށް ލޮނުމެދު ނުވަތަ ވިޓަމިން ކެއުމާއި ގެރީގެ ކުޑަކަމުދާތަކެތި ބޮއެފައި ކަމަށް މި ދިރާސާގައި ބަޔާންކޮށްފައި ވެ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އެމީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.

މި ދިރާސާ ކަރުދާސް ނިންމާލަމުން ދބުނެފައިވާ ގޮތުގައި މިފަދަ ދޮގުމައުލޫމާތު ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކުންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާ އަދި ސޯޝަލް މީޑިއާ އިން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. --ބީބީސީ