އިމިގްރޭޝަން ގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ޝައްމާންގެ އަނބިކަނބަލުން ހިދުފާ ފާއިޒު ވިދާޅުވެއްޖެ އެވެ.
ހިދުފާގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން ފްރޭމްކޮށް، ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ މަސް ދުވަސް ވެފައިވާ ކަމަށެވެ.
ޝަމްއާނުގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ހިދުފާ ވިދާޅުވީ އޭނާ ކާމިޔާބީތައް ހޯދަމުން ދިޔައިރު މެސެޖުތައް އޮހި ތައުރީފުގެ އަޑުތައް ގަދަވި ކަމަށެވެ.
އޭރު އެހީތެރިކަން ދޭނެ މީހުންވެސް ތިބި ނަމަވެސް ނުހައްގުން ޝައްމާން ޖަލަށްލުމާ އެކު އެންމެންގެ އަޑު މަޑުވި ކަމަށް ހިދުފާ ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ހިދުފާ ވިދާޅުވީ ޝައްމާން ގައުމަށް ހިދުމަތް ކުރެއްވީ އަމާނަތްތެރިކަމާއެކު ކަމަށާއި ޝައްމާންގެ މަސައްކަތުގެ ނަތީޖާ ފެންނަން އެބަހުރި ކަމަށާއި އެކަން ހަމަ ލޮލުން ތަޖުރިބާ ކުރި މީހުން ވެސް އެބަތިބި ކަމަށެވެ.
ހަދުފާގެ މި ޕޯސްޓްގައި ވަނީ ރައްޓެހިން ބޭނުންވި ވަގުތުތަކުގައި ޝަމްއާން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އޭރު ޝައްމާން އާއި ގާތްކޮށް އުޅުނު މީހުން މިހާރު ކޮބައިތޯ ސުވާލު އުފައްދާފަ އެވެ.
އިމިގްރޭޝަން ގެ ކޮންޓްރޯލާ ކަމުން ވަކިކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝައްމާން ހައްޔަރު ކުރީ ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގައި ހިމެނޭ އޮފިސަރުން ފިޔަވައި އިމިގްރޭޝަންގެ އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އެ ފައިސާ ޝައްމާން ގެ ގެއަށް ގެންދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
އެއާއެކު އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއިރު މި އަމުރު އިސްތިއުނާފު ކުރުމަށް މިއަދު ހައި ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟