ރަސްފަންނު މޫދަށް އިންޖީނު ތެޔޮ އެޅިފައި ހުރުމުން އެސަރަހައްދު މޫދަށް ނޭރެން އެދެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު މޫދަށް އިންޖީނު ތެޔޮ އެޅިފައި ހުރުމުން އެއް ސަރައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުންގެ އިތުރުން ކަމާ ގުޅޭ މުއައްސާސާތަކުން މިކަން ތަހުގީގުކޮށް އެތަން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެހެންކަމުން އެ ސަރަހައްދުގެ މޫދަށް މިދުވަސްވަރު ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެސަރަހައްދުގެ މޫދުގައި ނުހިންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ޕީއެންސީގެ މީހުންގެ މައްސަލަ ބަލާކަށް ނުކެރޭނެ: ޔާމީން
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
އެމެރިކާއިން އަލުން ހަމަލާތައް ފަށަނީ، އީރާނުން އިންޒާރު ދީފި