މިއަދުގެ ދުނިޔޭގައި ސަލާމަތާ ގުޅޭ ގޮންޖެހުންތައް އިތުރުވެ، ހައްދުފަހަނައެޅުމުގެ ވައްތަރުތައް އިތުރުވަމުން ދާއިރު، ޓެރަރިޒަމް ހުއްޓުވުމަށް ހަމައެކަނި ޢަސްކަރީގޮތުން ކުރިމަތިލުމަކުން ނުފުދެއެވެ. ސަލާމަތީ ނުވަތަ ސެކިއުރިޓީ ފިޔަވަޅުތަކަށް ވުރެ އިތުރަށް، ހަރުކަށި ފިކުރުގެ ވިސްނުން އުފެދޭ މައިގަނޑު ސަބަބުތަކަށް އަމާޒުކޮށް ކައުންޓަރ ޓެރަރިޒަމް ނުވަތަ ޓެރަރިޒަމް ހުއްޓުމުވުގެ ސްޓްރެޓެޖީއެއް ގެންގުޅުން ކޮންމެހެން މުހިއްމު ވެއްޖެ އެވެ. މިއީ، އިސްލާމިކް ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ފާހަގަކޮށްފައިވާ ކަމަކަށް ވާއިރު، ޙަޤީޤީ ހަނގުރާމަ އަކީ ހޭލުންތެރިކުރުމުގެ ހަނގުރާމަކަމާއި، ދީނީ ގޮތުން މެދުމިނުގެ ވާހަކަދެއްކުމަކީ، އެންމެ ބާރުގަދަ ހަތިޔާރުކަން އެ އެ އިދާރާގެ ވެރިންނަށް ދެނެގަނެވިފައިވެއެވެ.
މި ގިއުގަނޑުން ބަލާއިރު، އިމާމުންނާއި، ދީނީ ނަޞޭޙަތް ދޭ ވާޢިޡުން ދެނެގަންނަންވީ ކަމަކީ، އެ ބޭފުޅުންނަކީ ހަމައެކަނި ދީނަށް ގޮވާލާ މީހުން ނޫން ކަމާއި، އެކަމަކު، ޞައްޙަ ފިކުރާއި، މެދުމިންކަމުގެ ޙިމާޔަތްތެރިކަން ކަމެވެ. މި ދައުރު އެންމެ ފުރިހަމަ އަށް އަދާކުރެވޭނީ، ދީނީ ވާޢިޘުންގެ ކިބައިގައި، އިސްލާމް ދީން ފުންމިނަށް ފަހުމްވުމާއި، ޒުވާނުންގެ ހިތްތައް ފަދައިން އެ މީހުންގެ ސިކުނޑިތަކަށް އަސަރުފޯރުވުމުގެ ޤާބިލިއްޔަތުކަން ހުރެގެންނެވެ. ނުރަނގަޅު ވިސްނުންތަކަށް އެކަށީގެންވާ ގޮތުގައި ރައްދުދީ، ފަނާކުރުވަނިވި ފިކުރުތަކުން މުޖްތަމަޢު ޙިމާޔަތްކުރެވޭނީ ހަމައެކަނި އޭރުންނެވެ.
މިއިން ދައްކުވައިދެނީ، ކުރިޔަށް ވުރެ ބޮޑަށް ދީނީ އިސް ވެރިންނަށް އެ މީހުންގެ ދައުރު އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އައިއެމްސީޓީސީ އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ހިންގާ "އިމާމުންނާއި، ވާޢިޘުންގެ ކެޕޭސިޓީ އުފެއްދުން" ފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމެވެ. މި އުއްމީދީ އިސްނެގުމުގެ ޢަމަލީ ފިޔަވަޅެއްގެ ގޮތުން، އައިއެމްސީޓީސީ އިން ވަނީ، "ވަސާޠާ" ނަމަކަށް ކިޔާ ޕްރޮގްރާމެއް ފައްޓާފައެވެ. މި ޕްރޮގްރާމަކީ، ޤައުމުގެ ދީނީ ވެރިން ބާރުވެރިކޮށްގެން މެދުމިނުގެ ދީނީ ވާހަކަދެއްކުން ވަރުގަދަކުރުމަށް އަމާޒުކޮށް ކޯލިޝަންގެ ފަރާތުން ކުރިޔަށް ވާނެ ކަމަށް އަންދާޒާކުރާ ތަޞައްވުރެކެވެ. މިކަން ޙާޞިލުކުރެވޭނީ، އެ މީހުންގެ މަތިވެރި ތަޞައްވުރަށް ވާޞިލުވުމުގައި އެ މީހުންނާ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ޚާއްޞަ ތަމްރީނު ދިނުމާއި، ފާޑުކިޔުމުގެ ތަޙްލީލު (ކްރިޓިކަލް ތިންކިންގ)ގެ އާލާތްތަކާއި، މަޝްވަރާކުރުމުގެ ހުނަރުތައް އެ މީހުންގެ ކިބައިގައި އަށަގަންނުވައިދީގެންނެވެ.
މި ޕްރޮގްރާމް ކާމިޔާބުވުން ބިނާވެގެންވަނީ ސަރުކާރުތަކާއި، ދީނީ މުއައްސަސާތަކާ އެކު އުފެދޭ ސްޓްރެޓީޖިކް ގުޅުންތަކުގެ މައްޗަށެވެ. އެއީ، އެފަދަ ޕްރޮގްރާމްތަކުގެ ކާމިޔާބީ އާއި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އަދި ޢާއްމުކޮށް މުޖްމަޢުގެ ތެރޭގައި މެދުމިނުގެ ފިކުރުތައް ފެތުރުން ކަށަވަރުކޮށްގެންނާއި، ހައްދުފަހަނައެޅުމާ ބޮޑަށް ދެކޮޅު މުޖްތަމަޢުތަކާއި، އީޖާބީ ބަދަލު ގެނައުމުގެ ޤާބިލިއްޔަތުކަން ހުރި ދީނީ ވެރިން އުފައްދައިގެންނެވެ.
މި ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، ދީނީ ހޭލުންތެރިކަން އިތުރުކޮށްދެއެވެ. އެއީ، ތަޢުލީމީ އަދި ޕްރޮފެޝަނަލް ގޮތުން އިމާމުންނާއި، ވާޢިޘުން ތައްޔާރުކޮށްދީގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކުރިޔަށް ވުރެ ރަނގަޅަށް މުވާޞަލާތުކުރުމަށާއި، ޒަމާނީ ޕްލެޓްފޯމްތަކުގެ ބޭނުންހިފުމަށާއި، ހަރުކަށި ފިކުރުތަކުގެ ރައްދު ފިކުރުތައް ބުނެދިނުމުގެ ޤާބިލިއްޔަތުކަން އަށަގަންނަވައެވެ. މި ޤާބިލިއްތަތުތަކުގައި އިންވެސްޓްކޮށްގެން، އަޅުގަނޑުމެން މި ބިންގާ އަޅަނީ، މިހާރަށް ވުރެ އަމާން އަދި މިހާރަށް ވުރެ ހަމަޖެހުން ބޮޑު ކުރިމަގަކަށެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، "ވަސާޠާ" ގެ އިސްނެގުމުގެ ޕްރޮގްރާމުގެ އެންމެ އެއް ގަދަކަމަކީ، ފިކުރީ ކުރިމަތިލުން އެއީ އަދި އެންމެ ދިގު ހަނގުރާމަޔަށް ވިޔަސް، ނަޞްރުލިބުމަށް އޮތް އެންމެ ޔަޤީން ގޮތަކީ އެއީ ކަމެވެ. އަހަރެމެން އެންމެންނަކީ ވެސް މި ވައްޓަފާޅި ކުރިއެރުވުމުގައި ބައިވެރިވެރިންނަށް ވަމާ ހިނގާށެވެ. އެހެނީ، އުއްމަތުގެ ޙަޤީޤީ އައްޑަނައަކީ، އެ އުއްމަތުގެ މެދުމިނުގެ ފިކުރެވެ.