ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާއި ގުޅޭ އެކިއެކި އިދާރީ މަސައްކަތުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުއައްޒަފުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީ، ޖެހިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އޭޕްރީލް 13 ވަނަ ދުވަސް ކަމުގައިވާ އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވެއްޖެނަމަ ހޯމަ ދުވަހަކީވެސް ބަންދު ދުވަހެއްކަމަށް ރައީސްވަނީ ހަމަޖައްސަވާފަ އެވެ.
މިއަހަރުގެ ރަމަޝާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަލަންޑަރުގައިވާ ތާރީހަކީ އޭޕްރީލް 13 ވަނަ ދުވަހެވެ. އެހެންކަމުން ހަފްތާ ބަންދާއި ލައިގެން ޖެހިޖެހިގެން ހަތަރު ދުވަސް ހަރުކާރު ބަންދުވާނެ އެވެ.
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
އެމްޑީޕީން ވެސް ގަބޫލުކުރަނީ މި ސަރުކާރު ބަރާބަރުކަމަށް: ޝިޔާމް
ކުޑަކުދިން ބޭރަށް ނެރެން ޖެހޭ ސަބަބު މިއޮތީ!
