އާންމުކޮށް މޫސުން ބަދަލުވެ ގޭގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ދުވަސްވަރު، ގިނަ މީހުންނަށް ކުރެވޭ އެއް ކަމަކީ ކުރިން ބަލާފައިވާ ޓީވީ ޝޯތައް އަލުން ބަލަން ފެށުމެވެ.
"ފްރެންޑްސް"، "ގިލްމޯ ގާލްސް"، ނުވަތަ "ގޮސިޕް ގާލްސް" ފަދަ ޝޯތައް ކިތަންމެ ގިނަފަހަރަކު ބެލިނަމަވެސް، އެ ޝޯތަކަށް އޮންނަ ޝައުގުވެރިކަމެއް ކުޑައެއް ނުވެ އެވެ.
ގިނަ މީހުން މިއީ ހަމައެކަނި "ނޮސްޓެލްޖިއާ" (ކުރީގެ ހަނދާންތައް އާކުރުން) ކަމަށް ދެކުނު ނަމަވެސް، ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މީގެ ފަހަތުގައި ވަރަށް މުހިންމު ނަފްސާނީ ސަބަބުތަކެއް އެބަހުއްޓެވެ.
1. "އިމޯޝަނަލް އެޑްމިން"އެއް ނެތުން އަދި ސިކުނޑިއަށް ލިބޭ އަރާމު
މިއަދުގެ ދިރިއުޅުމުގައި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ފައިސާގެ ދަތިތަކާއި އަދި ގޮތް ނިންމަންޖެހޭ ކަންކަން ގިނަވުމުގެ ސަބަބުން ސިކުނޑިއަށް އޮންނަނީ ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ.
އާ ޝޯއެއް ބަލަން ފަށާއިރު، ކެރެކްޓަރުތަކާއި، ވާހަކައިގެ ހާދިސާތައް ދެނެގަތުމަށް ސިކުނޑިން ބޮޑު މަސައްކަތެއް ކުރަންޖެހެ އެވެ. ނަމަވެސް، ކުރިން ބަލާފައިވާ ޝޯއެއް އަލުން ބަލާއިރު:
- ވާނެގޮތް އެނގުން: ވާހަކަ ނިމޭނެ ގޮތާއި ކަންތައް ވާނެ ގޮތް ކުރިން އެނގޭތީ ސިކުނޑިއަށް ލިބެނީ ބޮޑު ހަމަޖެހުމެކެވެ.
- ރައްކާތެރިކަން އިހުސާސްވުން: ޝޯއިން ލިބޭނީ ކޮން ކަހަލަ އިހުސާސްތަކެއްކަން އެނގޭތީ، ސިކުނޑިއަށް ނުތަނަވަސްކަމެއް ނުލިބެ އެވެ.
"ދިރިއުޅުން އަޑިގުޑަންވެ އަޑުގަދަވެ، އަދި ތަކުލީފު ބޮޑުވާ ވަގުތުތަކުގައި، ވާނެގޮތް އެނގޭ އެއްޗެއް ބެލުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ހަމަޖެހުމެއް،" - ޑރ. ކޮނީ މެކްރެއިނޯލްޑްސް (ނަފްސާނީ އިލްމުވެރިޔެއް)
2. އަމިއްލަ ނަފްސު ވަޒަން ކޮށްލުމުގެ ފުރުސަތު
ޓީންއޭޖް އުމުރުގައި ބެލި ޝޯއެއް އުމުރުން 30 އިން މައްޗަށް ދިއުމުން އަލުން ބަލާއިރު، ފިލްމުގެ ވާހަކަ ބަދަލުނުވި ނަމަވެސް، ބަލާ މީހާގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ.
ޑރ. ކޮނީ ވިދާޅުވި ގޮތުގައި، ކުރީގެ ޝޯތައް އަލުން ބެލުމަކީ އޭރުގެ އުމުރަށް އެނބުރި ދާން އުޅުމެއް ނޫނެވެ. އެއީ އޭރުގެ އަމިއްލަ ނަފްސާ ބައްދަލުކޮށް، އޭގެ ފަހުން ތިމާއަށް އައިސްފައިވާ ކުރިއެރުމާއި ބަދަލުތައް ވަޒަން ކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
3. އިހްތިޔާރުތައް ގިނަވުމުގެ ތަކުލީފު
މިއަދު ނެޓްފްލިކްސް ނުވަތަ އެހެނިހެން ސްޓްރީމިންގ ޕްލެޓްފޯމްތަކުން އެހާ ޝޯތައް ފެންނަން ހުރުމަކީވެސް ބަލާނެ އެއްޗެއް ނިންމަން އުނދަގޫވާ ސަބަބެކެވެ. މިއަށް ނަފްސާނީ އިލްމުގައި "ޗޮއިސް އޯވާލޯޑް އޭ ކިޔަ އެވެ.
އާ ޝޯއެއް ހޯދުމުގެ ބަދަލުގައި ކުރިން ބެލި 'ކޮމްފޯޓް ޝޯ' އެއް ހުޅުވާލުމަކީ، އެއްވެސް ވިސްނުމެއް ނުވިސްނައި ވަގުތުން އުފާވެރިކަން ހޯދައިދޭ ކަމެކެވެ.
އެހެންކަމުން، ދެން ފަހަރަކުން ކުރީގެ ޝޯއެއް އަލުން ބަލަން ފަށާއިރު، އެއީ ވަގުތު ދުއްވާލުން ކަމަށް ނުދެކޭށެވެ. އެއީ ތިބާގެ ސިކުނޑިއަށް ބޭނުންވާ އަރާމާއި، އަމިއްލަ ނަފްސު ދެނެގަތުމަށް ކުރެވޭ މުހިންމު ކަމެކެވެ.
ސަރުކާރުގެ ނިންމުން ބަދަލުކޮށް، އަބުޗާ އަލުން ޖަލަށް ގެންގޮސްފި
އާ ސްޓޮކް ލިބި، އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރަން ފަށަނީ
ދަށް ފެށުމަކާއެކު ޓޮމް ކްރޫޒްގެ "ޑިގާ"އަށް ފިނި ތަރުހީބެއް!