ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މަަސައްކަތް ހިނގަމުން ދަނީ އިންސާފުން ބޭރުން ކަމަށް ބެލެވޭތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއާރުސީއެމް އިން ބުނީ އެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރިގޮތާ މެދު ވެސް ކަންބޮޑުވާ ކަމަށެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރުމާއި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައިނުވުން ފާހަގަކޮށްފައިވެ އެވެ.
ޖޭއެސްސީން ތަހުގީގު ހިންގި ގޮތާ ގުޅޭ ގޮތުން އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ވަކާލާތުކުރައްވާ ރެޕަޓުއާގެ މަންދޫބު މާގަރެޓް ސެޓާތުވެއިޓް ފާހަގަކުރައްވާފައިވާ ކަންކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، އެއީ އެ މައްސަލައަށް ހުރަސްއަޅަން ކުރި ކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ އެކަންކަން ރައީސް އޮފީހާ ވެސް ހިއްސާކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ވެސް އެ ކޮމިޝަނުން ގޮވާލި އެވެ.
ގޮތެއް ފޮތެއް ނެތް ސަރުކާރެއް ހުރިހާ ނުބަޔަކީ، ޑރ. މުއިއްޒު
ރިޕްލައި