ޔޫރަޕުގެ ޤައުމުތަކުގައި ބޮޑެތި ސައިޒުގެ ފައިދިގު މަކުނު އާލާވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެގޮތުން، އާލާވާން ފަށާފައިވަނީ، ވޭތުވެދިޔަ 10 އަހަރު ކުރިން ރައްކާތެރިކަމަށްޓަކައި ދޫކޮށްލެވުނު ބާވަތެއްގެ މަކުނުކަން ފާހަގަކުރެވެ އެވެ.
މި މަކުނުގެ ނަމަކީ "ޑޮލޮމެޑެސް ޕްލާންޓާރިއަސް" އެވެ. މިއީ ޗޮކްލެޓް ކުލައިގެ ހަށިގަނޑާއި ކްރީމް ކުލައިގެ ރޮނގުތަކެއް ހުންނަ މަކުނެކެވެ. މި މަކުނު ވަނީ ޔޫކޭގެ ޗެސްޓާ ޒޫއިން ހިންގި ޕްރޮގްރާމެއްގެ ދަށުން ގިނަ އަދަދަކަށް އާލާކުރެވި، ރައްކާތެރިކަމަށްޓަކައި ދޫކޮށްލެވިފަ އެވެ.
ރޯޔަލް ސޮސައިޓީ ފޯ ދަ ޕްރޮޓެކްޝަން އޮފް ބާޑްސް (އާރްއެސްޕީބީ) އިން ބުނާ ގޮތުގައި މިހާރު ޔޫކޭގައި 10،000 އަށްވުރެ ގިނަ، މި ބާވަތުގެ އަންހެން މަކުނު އުޅެ އެވެ. އަދި ފްރާންސްގެ 22 ސަރަހައްދެއްގައިވެސް މި މަކުނު ފެންނަމުންދާކަން ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް މި މަކުނުން އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް ނުބެލެވޭކަން ކަމާއި ގުޅޭ މާހިރުން ވަނީ ބުނެފަ އެވެ. ސަބަބަކީ، މި މަކުނު އުޅެނީ ހަމައެކަނި ފެންގަނޑުތަކާއި ދިޔަވަރު ކުޑަ ކޯރުތަކުގައި ކަމަށްވާތީ އެވެ. އެހެންނަމަވެސް މި މަކުނު އިތުރުވަމުންދާ ބާރުމިނުން، ޔޫރަޕުގެ ޤައުމުތަކުގައި ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
ފަލަސްތީނު އަސީރުން މަރަން ހުއްދަ ދޭ ބިލެއް އިޒްރޭލުން ފާސްކޮށްފި
ޑްރަގްގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ނަދަމާ ޕީއެންސީ ކެމްޕޭންގަ!
ސްވިފްޓުން ބީއެމްއެލް ސަސްޕެންޑެއް ނުކުރޭ: ޝަރީފް
