މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި ކުރެވޭ ދުވަހަކީ މިއަދު ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނި ކުރާ މީހުންގެ އަދަދު އަބަދު ވެސް ގިނައިރު، 25-05-25 އަކީ މިއަހަރުގެ ތެރޭގައި އަންނާނެ އެންމެ ރީތި އެއް ތާރީހެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު މާލޭގައި އެކަނިވެސް 56 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރަސްމީގަޑީގައި ކޮށްދޭ 23 ކައިވެންޏާއި ނުރަސްމީ ގަޑީގައި ކޮށްދިނުމަށް ހަމަޖެހިފައިވާ 36 ކައިވެންޏެވެ.
ކައިވެނި ކުރާ މީހުންނަށާއި އެ މީހުންނާ އެކު ކޯޓަށް ދާ މީހުންނަށް ލުއި ފަސޭހައަކަށް ފެމެލީ ކޯޓު ބޭރުގައި ވަނީ ޓެންޓު ޖަހާ ގޮނޑި ވެސް ޖަހައިފަ އެވެ.
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެކަން އެނގޭތަ؟
ބިންހެލުމެއްގައި ކަޕޫރު އާއިލާގެ އާސާރީ ގެއަށް ގެއްލުންތަކެއް!
45 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަނީ: ރިޕޯޓް