މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި އެވެ.
އެމްޓީޑީސީއިން މިގޮތަށް ފާސްކުރީ ހޮޓެލް ޖެންްގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތައިގެ ވޯޓުންނެވެ. މިދިޔަ އަހަރު އެމްޓީޑީސީއިން ހިއްސާގެ ފައިދާގެގޮތުގައި ބަހާފައިވަނީ 60 ލާރި އެވެ. އެހެންކަމުން މިއީ 16 އިންސައްތަ ދަށް އަދަދެކެވެ.
މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 27،000 ޑޮލަރު ދިނުމަށް ވެސް މި ޖަލްސާގައި ވަނީ ނިންމާފަ އެވެ.
އެމްޓީޑީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.9 މިލިއަން ޑޮލަރެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 3.1 މިލިއަން ޑޮލަރާއި އަޅާބަލާއިރު 38.7 އިންސައްތަ ދަށް އަދަދެކެވެ.
2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވެފައިވާ ސަބަބާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވީ، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ނާގޯށި ސަބްލީޒްކުުރުން ހުއްޓާލުމުގެ ސަބަބުން ރެވެނިއު ރެކޯޑިން ހުއްޓުމަކަށް އައުމުން ކަމަށެވެ.
"މީގެ މައިގަނޑު ސަބަބެއްކަމުގައި ދަންނަވަން އޮތީ މީ ހަމަ އަނެއްކާ ވެސް ނާގޮށީގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް. އެއީ މިހާރު ނާގޮށީގެ ރެވެނިއު ހަދާއިރު، ސަބްލީޒް ކުރެވޭއިރުގައި އެތަނުން އެއްޗެއް ނުލިބުނަސް އޭގެ ރެވެނިއުތައް އަޅުގަނޑުމެން ޖެހޭ ރެކޯޑްކުރަން،" އޭނާ ވިދާޅުވި އެވެ. "އޭރު ސަބްލީޒްކުރިއިރު ލިބޭނެކަމަށް ލަފާކުރެވޭ ރެވެނިއު އަޅުގަނޑުމެން ޖެހޭ ރެކޯޑްކުރަން. އަދި މިހާރު މި އެގްރިމެންޓް އުވާލާފަ އޮތީމަ، ރެކޯޑް ކުރަމުންދިޔަ ރެވެނިއުތައް މިހާރު ރެކޯޑެއް ނުކުރާނެ."
ނިޔާޒް ވިދާޅުވީ އެމްޓީޑީސީގެ ފައިދާ މިދިޔަ އަހަރު ދަށްވީ އެ ސަބަބާ ހެދި ކަމަށެވެ.
މިދިޔަ އަހަރު ޖުލައި މަހު މެންހެޓަން ބިޒްނަލް ހޮޓަލުގައި ރޭ އޮތް އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ނިޔާޒް ވިދާޅުވީ ޓޫރިޒަމަށް ދޫކޮށް ނުހެދި 17 އަހަރުވީ ރަށް، ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އަހަރު ނިމުނުއިރު އެކަމެއް ނުފެށެ އެވެ.
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭއާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.
އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.
ސަރުކާރުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް އަތުލީ އެވެ. އެކަމަކު 2021ގައި އާ ލީޒެއްގެ ދަށުން އެ ރަށް އަނެއްކާވެސް އެމްޓީޑީސީއާ ހަވާލުކުރީ އެވެ.
މި ރަށް ތަރައްގީކުރަން އެ ކުންފުނިން އެ އަހަރު ހަވާލުކުރީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ އެވެ. ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެގްރިމަންޓް މިދިޔަ އަހަރު ވަނީ އުވާލައިފަ އެވެ.
މި ސަބްލީސް އުވާލުމާ ގުޅިގެން ކުންފުނީގެ އާމްދަނީ ވެސް ދަށަށް ދިޔަ އެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް މިހާތަނަށް ލިބުނީ ބޮޑު ގެއްލުމެވެ.
އެމްޓީޑީސީއަކީ ސީދާ ވަގުންގެ ހައްޔެއް އުޅޭ ތަނެއް. ތިތަނުން ހިއްސާދާރުން ދުވަހަކު ވެސް ފައިދާއެއް ނުލިބޭނެ. 50 ލާރިއަކީ ހިއްސާއަކަށް ކޯއްޗެއް. އެއީ އިސްތައްޓެއް ނުން.
ރިޕްލައިމިއީ ފިނޭންސް މިނިސްޓަރު ޒަމީރުގެ ޅިޔަނު ނިޔާ ހިތުހުރި ގޮތަކަށް މޮޑެން މައުމޫން ޒަމާނުން ފެށިގެން ދީފައި އޮތް ފުށްގަނޑެއް. ތިޔައަކުން ހިއްސާދާރުންނަށް މުކޮސް ވެސް ނުލިބޭނެ. ތިއީ ހުސް ރަތްލާޖެހި ވަގުން ތިބި ތަނެއް.
ރިޕްލައި