މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މަޖީދީމަގުން ޓޯކުރާ ވެހިކަލްތައް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ.
މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއަދު މަޖީދީމަގުން ދެ ފުރޮޅުލީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު ޓޯކޮށްފައިވާނެ ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
"އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
މަޖީދީމަގަކީ މާލޭގެ އެންމެ ބާރުބޮޑު މަގެވެ. އެ މަގުގައި ޕާކްކުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އެތަކެއް ދަތިތަކާ ކުރިމަތިލާންޖެހެ އެވެ.
ގަވާއިދާ ގާނޫނަކީ، ހިތަށްއެރީމާ އަމަލުކޮށްފައި ހިތަށްއެރީމާ އަމަލުނުކޮށް ދޫކޮށްލެވޭ އެއްޗެއްތޯއެވެ.
ރިޕްލައި