އެސްއެމްއީ ޑިޖިޓަލް އިން ކ. ގުރައިދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެނދިއުމަށްވަނީ ނިންމައިފި އެވެ.
ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްއެމްއީ ޑިޖިޓަލް އިން ދަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި އެންގޭޖްމަންޓް ސެޝަންތައް ކުރިއަށް ގެންދަމުންނެވެ.
26 ނޮވެމްބަރުގައި ކ. ގުރައިދޫގައި ބާއްވާ އެންގޭޖްމަންޓް ސެޝަން ކުރިއަށްދާނީ އެސްއެމްއީ ޑިޖިޓަލް އޮޑިންރަށަށް ރޭސް އެކްސްޕޯއާ އެކުގައި އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެސްއެމްއީ އެންގޭޖްމަންޓް މެދުވެރިކޮށް ކ. ގުރައިދޫގެ ކުދި ވިޔަފާރިއަށް ހުރި ފުރުސަތުތައް ދެނެގަނެ، ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތާއި، އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ ތަފާތު އެކި ކަހަލަ ފައިނޭންސް ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި މި ފައިނޭންސިން އަށް އެދޭނެ ގޮތްތައް ރަށުގައި ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކ. ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައި އެވެ.
ކ.ގުރައިދޫގައި އެސްއެމްއީ ޑިޖިޓަލް އިން ބާއްވާ މި އެންގޭޖްމަންޓް ސެޝަނަކީ 2026 ވަނަ އަހަރަށް އެ ކުންފުނިން ބާއްވާ އެންމެ ފަހުގެ މިފަދަ ސެޝަނެކެވެ. 2026 ވަނަ އަހަރު އެސްއެމްއީ ޑިޖިޓަލް އިން ވަނީ ހއ، ހދ، ށ، ނ، ޅ، ކ، ލ އަދި ފުވައްމުލަށް އަދި އައްޑޫ ސިޓީގައި އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 2027 ވަނަ އަހަރުވެސް އިތުރު އަތޮޅުތަކަށް ދަތުރުކޮށް އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޯށްދޭ ފައިނޭންސިން އާ ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ހުރި ފުރުސަތުތައް ހިއްސާކޮށް ރާއްޖޭގެ އިގްތިސާދުގައި ކުދި އަދި މެދުފަންތީގެ ދައުރު ފުޅާކުރުމެވެ.
ކ. ގުރައިދޫގައި އެސްއެމްއީ އެންގޭޖްމަންޓްގް އިތުރުން ސްވިމް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި މުޅިން ތަފާތު ގޮތަކަށް އިންތިޒާމްކޮށްގެން ބާއްވާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" 27 ނޮވެމްބަރު ގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.
އަދި މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ސީއެސްއާރުގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސައެހީ އަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައި ތިބޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭ ހައިޖީންޕެކާއި މެންދުރު ކެއުމެއް އެ ފަރާތްތަކަށް ވަނީ ހަމަޖައްސާދީފަ އެވެ.
ޖުޑީޝަލް ކައުންސިލެއް ހަދައި ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ދެނީ
25 އަހަރަށްފަހު ރީކޯ އެނބުރި އަންނަ "ކީއްވެ" މިރޭ ޕްރިމިއާ ކުރަނީ
ސުލްހައިގެ މެސެޖާއެކު ސްޓޭޖަށް އެރި މިސް އިޒްރޭލަށް ނުރުހުން!
