ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު މާލްތީ ޗޯޕްރާ އުޅެނީ އޭނާއަށް ވުރެ ވެސް ބުރަކޮށް ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

ދަ ޓުނައިޓް ޝޯގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ތިން އަހަރުގެ ދަރިފުޅު މާލްތީގެ ޝެޑިއުލްއަކީ އޭނާގެ ޝެޑިއުލްއަށް ވުރެ ވެސް ބުރަ ޝެޑިއުލްއެއް ކަމަށެވެ.

އެގޮތުން މާލްތީ މިހާރު ނިޔު ޔޯކްގެ ސްކޫލަކަށް ދާން ފަށާފައިވާ ކަމަށާއި އެހެންވެ މާލްތީގެ މުޅި ދުވަސް އޮންނަނީ ފުރިފައި ކަމަށް ޕްރިޔަންކާ ބުންޏެވެ.

ދުވަސްތަކަކަށްފަހު ބޮލީވުޑަށް އެނބުރި އަންނަ ފިލްމަށް ޕްރިޔަންކާ އެމެރިކާއާއި އިންޑިއާއާ ދެމެދު ގިނަ ދަތުރުތަކެއް ކުރާއިރު އެކަމުގެ ސަބަބުން މާލްތީއާއެކު ހޭދަކުރަން ލިބެނީ ކުޑަ ވަގުތުކޮޅެއް ކަމަށް ޕްރިޔަންކާ ފާހަގަކުރި އެވެ.

އަނެއްކޮޅުން މާލްތީގެ ބައްޕަ ނިކް ޖޯނަސް ބްރޯޑްވޭ ޝޯގައި ބުރަކޮށް އުޅޭތީ އޭނާއަށް ވެސް އާއިލާއަށް ވަގުތު ނުދެވޭ ކަމަށް ޕްރިޔަންކާ ބުންޏެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ޕްރިޔަންކާއާއި ނިކްއަށް ސަރޮގެސީ މެދުވެރިކޮށް އެމީހުންގެ އަލަތު ދަރިފުޅު މާލްތީ ލިބުނީ 2022 ވަނަ އަހަރު އެވެ.