ކޭޑްރާމާތަކަކީ މިހާރު މަގުބޫލު ވަމުން އަންނަ އުފެއްދުންތަކަށް ވާއިރު ރޮމްކޮމް ޖެންރާގެ ކޭޑްރާމާތަކަށް ވަކިން ހާއްސަކޮށް ބޮޑު ތަރުހީބެއް ލިބެ އެވެ.

ތިރީގައި މި ބަލާލަނީ އެންމެ ރީތި ރޮމް ކޮމް ކޭޑްރާމާގެ ގޮތުގައި އޭއައި އިން ނެރެފައިވާ ލިސްޓެއްގެ ގަދަ 5 ޑްރާމާ އަށެވެ. މި ޑްރާމާތަކަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޑުރާމާތަކެކެވެ.

ކްރޭޝް ލޭންޑިން އޮން ޔޫ

ކްރޭޝް ލޭންޑިން އޮން ޔޫ

ޕެރެގްލައިޑިންއެއްގެ ތެރެއިން ދެކުނު ކޮރެއާގެ އަންހެން ކުއްޖަކަށް އުތުރު ކޮރެއާއަށް ދެވުމުން ދިމާވާ ކަންތައްތަކެއް ފެންނަ މި ޑްރާމާއިން ފެނިގެންދަނީ ޔޫން ބިން، ސޮން ޔެ ޖިން އަދި ކިމް ސޫ ޔުން އެވެ.

ބިޒްނަސް ޕްރޮޕޯސަލް

ބިޒްނަސް ޕްރޮޕޯސަލް

ކިމް ސިޖިއޯންޖް، އަން ޔޯ ސީޕް އަދި ކިމް މިން ލީޑު ރޯލުން ފެނިގެންދާ މި ކޭޑްރާމާއަކީ މުވައްޒަފަކާއި އޭނާގެ އިސްކޮށް ހުންނަ "ބޮސް"އާ ދެމެދު ހިނގާ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ ޑުރާމާ އެކެވެ.

ލަވް ނެކްސްޓް ޑޯ

ލަވް ނެކްސްޓް ޑޯ

އަހަރުތަކެއް ދުރުގައި އުޅުމަށްފަހު އަލުން ބައްދަލުވާ ކުޑައިރުގެ ދެ އެކުވެރިންގެ ވާހަކަ ގެނެސްދޭ މި ޑްރާމާއަކީ ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް މަޝްހޫރު އުފެއްދުމެކެވެ.

ވަޓްސް ރޯންގް ވިތު ސެކެޓްރަރީ ކިމް

ވަޓްސް ރޯންގް ވިތު ސެކެޓްރަރީ ކިމް

ޕާކް ސިއޯ ޖޯންއާއި ޕާކް މިން ޔަންގް ލީޑު ރޯލުން ފެނިގެންދާ މި ސީރީޒްގައި ފެނިގެންދަނީ އޮފީހެއްގެ މަތީ މަގާމެއްގައި އުޅޭ މެނޭޖަރެއްގެ ސެކެޓްރަރީ ވަޒީފާއިން ވަކިވުން ހުއްޓުވަން އެ މެނޭޖަރު ކުރާ މަސައްކަތްތަކެވެ.

މައި ލަވް ފްރޮމް ދަ ސްޓާ

މައި ލަވް ފްރޮމް ދަ ސްޓާ

މީގެ 400 އެއްހާ އަހަރު ކުރިން ދުނިޔެއަށް އައިސް އުޅޭ އޭލިއަންއެއްގެ ހަޔާތް ދައްކުވައިދޭ މި ސީރީޒްގެ ލީޑު ތަރިންނަކީ ކިމް ސޫ ޔުންއާއި ޖިން ޖީ ޔުން އެވެ.