އައްޑޫ ސިޓީން ރޭ ދަންވަރު ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެންކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓު ކޭބަލް ބުރިކުރަން އުޅުނީ ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޓްރާންފޯމަރަކުންނެވެ.
ކޭބަލް ބުރިކުރަން އުޅުނުމީހާ ކަރަންޓްގައި ޖެހިގެން އައްޑޫ އިކިއުއޮޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ކަނައަތާއި ވައަތު ފައި ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރޭ މެންދަމު ދޮޅު ގަޑިއިރަށް ކަރަންޓު ކެނޑުމަށްފަހު އައްޑޫގެ ސަރަހައްދުތަކަށް ކަރަންޓު ލިބުނީ ފަތިހު އެވެ.
މިފަދަ ގޮތަކަށް ރޭ އައްޑޫއިން ކަރަންޓު ކެނޑުނު ނަމަވެސް، އެ ސިޓީގައި އިންޖީނުތައް މައްސަލަ ޖެހި ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތީ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. ނަމަވެސް އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ސަރުކާރަށްވަނީ ދާއިމީ ހައްލެއް ހޯދާ ނުދެވިފަ އެވެ.
ފްލައިޓްތައް ކެންސަލްވެ، ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވިފައި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ