ތައުލީމު ހާސިލުކުރުމަށް ޖަޕާނަށް ގޮސްހުއްޓާ ނިޔާވި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ މުވައްޒަފު ލުޖައިނާ ތަސްނީމްގެ ހަށިގަނޑު މާލެ ގެނެސް މިއަދު ޖަނާޒާ ބާއްވައިފި އެވެ.
29 އަހަރުގެ ލުޖެއިނާ ނިޔާވެފައި އޮއްވާ އޭނާ ދިރިއުޅޭ ކޮޓަރިން ފެނިގެން ރިޕޯޓްކުރީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ނިޔާވީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި ކިޔަވައި ނިންމުމަށްފަހު މާލެ އައުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަށް އެނގިފައި ވެއެވެ.
ލުޖައިނާގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.
ޖަޕާނަށް ލުޖައިނާ ފުރާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހު ގައި ޖަޕާން ސަރުކާރުގެ ސްކޮލާޝިޕެއްގަ އެވެ. ލުޖައިނާ މާސްޓާސް ކޯސް ފުރިހަމަކުރުމަށްފަހު ޖަޕާންގައި މަޑުކޮށްގެން ހުރީ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު މާލެ އައުމަށެވެ.
އިމިގްރޭޝަން އެއްކޮށް ޑިޖިޓަލައިޒްވެ، އީ- ވިސާ ޖަހަން ފަށައިފި
އީރާނުން މައުލޫމާތު ހިއްސާކުރަން މަޖުބޫރުކޮށް ގަރާރެއް ފާސްކޮށްފި
ކުޑަކުދިން ކަމުގައި ވިޔަސް ކުރާ ކުށްތަކަށް އަދަބު ދޭންޖެހޭ