ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަދެ މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފި އެވެ.
އީޕީއޭއިން މިއަދު ބުނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމައި މެރުން މަނާ ބާވަތްތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. އަދި އީޕީއޭއިން ބުނީ، އަރި އަތޮޅުގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި، ހިފުމަށް ބޭނުންކުރާ އާލާތްތަކާއި، ބާނާފައިވާ މަހުގެ ބާވަތްތައް ވެސް ފެނިފައިވާ ކަމަށެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަކީ އެ ސަރަހައްދުގެ ދިރުންތަކާއި މާހައުލު މާހައުލު ރައްކާތެރިކުރުމަށާއި، އެ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، ރައްކާތެރިކުރުމަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެވެ. އަދި މި ސަރަހައްދުތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ތިމާވެއްޓާއި އިގްތިސާދަށް އޭގެ ސަބަބުން ނުވަހު ފައިދާވާނެ ކަމެއް ކަމަށް އީޕީއޭއިން ބުނެ އެވެ.
އީޕީއޭއިން ބުނީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ވަދެ، މިޔަރުގެ މަސްވެރިކަން ކުރަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ ގަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖޭގެ ސަރަހައްދުން ދާއަޅާ އަތްފުނާ އަޅާ ހުރިހާ މުޑުދާރު ޢަމަލުތައް ކުރާއިރު ކޮބާތަ އީޕީއޭ....؟؟؟؟ ކަނޑުރޯދި ދެއްވަނީ މާތްﷲ.... ދެން އީޕީއޭ..... ގެ ދައުރަކީ... ؟؟؟
މިހާރު މިޔަރު ހިފާމަރަން ވީ، މިޔަރު ގިނަ ކަމުން މަސްވެރިކަމަށް ވެސް ނޮހޮރުއްޕާން