ދުބާއީ (15 އޭޕްރިލް) - މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދުބާއީގައި ކުރިއަށް ދިޔަ ސްކައި ޑައިވިންގް ތަމްރީނުތަކެއްގެ ތެރެއިން އެތުލީޓް މަރުވުމަށް މެދުވެރިވީ ވަގުތު އޮއްވާ އެމެޖެންސީ ޕެރެޝޫޓު ދޫ ނުކުރެވުމުން ކަމަށް އެ ހާދިސާގެ ތަހުގީގީ ރިޕޯޓުން ދައްކައިފި އެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އެކުލަވާލި މި ރިޕޯޓުގައި ބުނެފައިވަނީ ވިންސެޓް ރަފެޓް (36) ބޭނުންކުރި އާލާތުގައި އެއްވެސް މައްސަލައެއް ފާހަގަ ވެފައި ނުވާ ކަމަށާއި އެކްސިޑެންޓް ހިނގީ އެ އާލާތް ކޮންޓްރޯލް ނުކުރެވި އެކޮޅުކޮޅުން ޖެހިގެން ކަމަށެވެ.

ފްރާންސް އަށް ނިސްބަތްވާ ރެފެޓް އަކީ ތަޖުރިބާ ހުރި އެތުލީޓެއް ކަމަށް ބުނަމުން ތަހުގީގު ކުރިއަށް ގެންދިޔަ އޮފިޝަލުން ވިދާޅުވީ އޭގެ ކުރިންވެސް ރެފެޓް ބައިވެރިވި ތަމްރީން ތަކުގައި އެފަދަ ހާދިސާތައް ދިމާވެފައިވާ ކަމަށާއި ކާމިޔާބު ކަމާއެކު ޕެރެޝޫޓު ވެސް ދޫކޮށްފައިވާ ކަމަށެވެ.

ރެފެޓް އަށް ވަގުތުން ޕެރެޝޫޓް ދޫނުކުރެވުނު ސަބަބެއު ތަހުގީގަކަށް ސާފެއް ނުވި
ތަހުގީގީ ރިޕޯޓު

ފްރީ ސްޓައިލް ސްކައި ޑައިވިން އިން ގިނަ ރަން މެޑަލްތަކެއް ހޯދައިފައިވާ ރަފެޓް ވަނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބްރިޖު ޚަލފާގެ 828 މީޓަރު މަތިން ފުންމާލައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.