ހައްޔަރުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ ވާހަކަތައް ދޮގުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުން ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝާހިދު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރައިފަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެންގެ ފަރާތުން ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.