ލ. ގަމުގައި ފެންފޯއް ރުކަކަށް އަރައި ފެންފޯއް ކަނޑަން އުޅުނު މީހަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގެ މަތިމަރަދޫ އަވަށުގައި ހުރިި 60ހަކަށް ފޫޓުގެ ފެންފޯއް ރުކަކަށް އަރައި އުޅެނިކޮށެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު 28 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
ގަމު ކައުންސިލް މެންބަރަކު ވިދާޅުވީ ފެންފޯއް ރުއް ބިންދައިގެންގޮސް އެ މީހާ ވެއްޓުނީ ގާފުންޏެއް މައްޗަށް އުއްޑުން ކަމަށެވެ.
"އޭނާގެ އަރިމަތިން ފަސް ވަރަކަށް ކަށި ބިންދައިގެން ގޮސްފައިވޭ،" ކައުންސިލަރު ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އެ މީހާއަށް ފަރުވާދެމުން ދަނީ ވޯޑްގައި އެޑްމިޓްކޮށްގެން ކަމަށެވެ.
އެކްސިޑެންޓްތަކުގެ އަދަދު 2,300 އިން މައްޗަށް
ގުރައިދޫ ސްކޫލް ކުދިންނަށް ތައުލީމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް
"ކޮފީ ވިތު ކަރަން"ގައި ސަލްމާންއާއި ކަރީނާގެ "ރީޔޫނިއަން"އެއް!
