މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ހއ. ދިއްދޫގެ "މެގަ ހޯރަ" ބޯޓް މިއަދު ފުންކޮށްފި އެވެ.
މާލެއިން މުދާ ބަރުކޮށްގެން ދިއްދުއަށް ދަނިކޮށް ނ. ވަވަތިކުރޮޅިއަށް އެ ދޯނި އެރީ ރޭ 12:00 ޖަހާކަށްހާއިރު އެވެ.
އެމްއެންޑީއެފް އިން ބުނީ އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު އެ ބޯޓު ފުންކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި، އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފަރަށް އެރުމުން އެ ބޯޓުގައި ހުރި މުދާތައް، އެހެން އުޅަނދަކަށް ވަނީ ބަރުކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅު ދުއްވަން ފެށި އެ ބޯޓަކީ 98 ފޫޓުގެ ބޯޓެެކެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
