އައްޑޫގައި ވަކި ކައުންސިލްތަކެއް އޮތުމަށް ނެގި ވޯޓުގެ ތެރެއިން އެންމެ ބޮޑު އަގުލަބިއްޔަތެއް ވޯޓު ދީފައި ވަނީ ސިޓީން ވަކިވާން ކަމަށާއި މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވެ ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އައްޑޫގެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާއެކު ދެމިއޮންނަން ފޭދޫން ވޯޓު ދިން ނަމަވެސް މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުން ވަނީ ނިންމައިފަ އެވެ.
މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.
މި ވޯޓާއި ގުޅުވައި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ވޯޓުގައި ވޯޓު ދިން މީހުންގެ ތެރެއިން ވަކި ކައުންސިލް އެއް ހަދަން ވޯޓު ދިނީ 2،176 މީހުން ކަަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި ބާއްވަން ވޯޓު ދިނީ 2،251 މީހުން ކަމަށެވެ.
އެހެން ވިޔަސް މީދޫ އާއި ހުޅުދޫގެ ވޯޓު ދިން މީހުންގެ ބޮޑު އަގުލަބިއްޔަތެއް ވޯޓު ދީފައި ވަނީ ސިޓީން ވަކިވާން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރު އެޅުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ވަހީދު އިއްޔެ ވެސް މިއަދުވެސް ހަމަ އެގޮތުގައި
ތާޕްސީ ޑިގްރީ ހާސިލްކުރީ ކޮން ދާއިރާއަކުން؟
ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި