މާލެ ސަރަހައްދުގައި 350 ކިލޯއަށްވުރެ ބަރު އުޅަނދުފަހަރާއި ބަރު މެޝިނަރީ ދުއްވުން މަނާ ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިއި، އެކަން އާންމުކޮށް އިއުލާނު ކޮށްފި އެވެ.
އެ މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، 350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާފަދަ ބަރު އުޅަނދުފަހަރަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ހެނދުނު 06:00 އިން ހެނދުނު 08:30 އަށް ދުއްވުމަކީ މަނާކަމެކެވެ. މީގެއިތުރުން ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ބްރިޖް އަދި ހައިވޭގައި މެންދުރު ކުރީގެ 11:30 އިން މެންދުރު 01:30 އަށްވެސް މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މި ނިންމުން ނިންމީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގަ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ފިޔަވަޅުގެ މުހިންމު ބޭނުމެކެވެ.
ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކާ ދިމާކޮށް، ސްކޫލްތައް ހުންނަ ސަރަހައްދުގައި 350 ކިލޯއަށްވުރެ ބަރު އެއްވެސް އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުލުންވެސް އެއްކޮށް ވަނީ މަނާކޮށްފަ އެވެ.
އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ގަޑިތަކަށް އެންމެހައި ފަރާތްތަކުން އިހުތިރާމް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އިއުލާނާ ހިލާފުވާ މީހުންނާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ބަރު އުޅަނދުތައް ދުއްވާ ގަޑިތަކާއި މުދާ އުފުލުން މަނާ ގަޑިތަކެއް ކަނޑައެޅުމުގެ ކުރިން، ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
8 ގަޑިއިރުގެ ފުރިހަމަ ނިންޖާއެކު ވެސް ވަރުބަލި ވެފައި، ކީއްވެ؟
މައިންބަފައިންގެ ހާސްކަމުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް!
