ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑްތައް ކަމަށްވާ ބީޓީއެސް އަދި ސެވެންޓީން ފަދަ މަޝްހޫރު ގްރޫޕްތައް ހިންގާ ހައިބް ކުންފުނިން އެ ކުންފުނީގެ އެންމެ ހާއްސަ އެއް މިއުޒިކް ފެސްޓިވަލް ކަމަށްވާ "ވީވާސް ކޮން ފެސްޓިވަލް" ފުރަތަމަ ފަހަރަށް އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.
ދެ ދުވަހުގެ މި ބޮޑު މިއުޒިކީ ފެސްޓިވަލް އޮންނާނީ 2027 މާޗު މަހުގެ 27 އަދި 28 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ. މިއީ ދެކުނު ކޮރެއާއިން ބޭރުގައި މި ފެސްޓިވަލް ބާއްވާ ފުރަތަމަ ފަހަރު ވެސްމެ އެވެ.
ބުކްމައިޝޯ ލައިވްއާ ގުޅިގެން ބާއްވާ މި އިވެންޓުގައި ކޭ-ޕޮޕް ފަންނާނުންގެ އިތުރުން އިންޑިއާގެ މިއުޒިކީ ފަންނާނުން ވެސް ބައިވެރިވެ ތަފާތު ހުށަހެޅުންތައް ދައްކާލާނެ އެވެ.
އެއާއެކު ކޮރެއާއާއި އިންޑިއާގެ ފަންނާނުން އެކުގައި މަސައްކަތްކޮށް، ތަފާތު ސަގާފަތްތައް އެކުލެވިގެންދާ ހާއްސަ ހުށަހެޅުންތަކެއް "ކޮލެބޮރޭޝަން" ފެނިގެންދާނެ ކަމަށް ވެސް ހައިބް އިން ބުނެފައިވެ އެވެ.
ހައިބްގެ ސީއީއޯ ޖޭސަން ޖޭސަންގް ލީ ވިދާޅުވީ، އިންޑިއާއަކީ އެ ކުންފުނީގެ ކުރިއެރުމަށް މުހިންމު މާކެޓެއް ކަމަށާއި، މި ފެސްޓިވަލްގެ ސަބަބުން މިއުޒިކަށް ލޯބިކުރާ އިންޑިއާގެ ސަޕޯޓަރުންނަށް މުޅިން އާ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއީ އޮންލައިންކޮށް ފެންނަ ކޭ-ޕޮޕްގެ ތަޖުރިބާ، ހަގީގީ މައިދާނުގައި ސަޕޯޓަރުންނާ ބައްދަލުވާނެ ވަރަށް ފުރިހަމަ ފުރުސަތަކަށް ވެގެންދާނެ ކަމަށް ވީވާސް ކުންފުނީގެ ރައީސް ޒޫއިލް ޔަންގް ފާހަގަ ކުރެއްވި އެވެ.
އިންޑިއާގައި ކޭ-ޕޮޕްއަށް އޮތް ލޯތައްބާއި ތަޢުރީފު ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ބައިނަލްއަގްވާމީ ބޮޑު އިވެންޓެއް އެ ގައުމުގައި ބޭއްވުމަކީ އެ ގައުމުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަרަށް ބޮޑު އުފަލެކެވެ.
"ބެޓްމޭން ޕާޓް 2"ގެ މަސައްކަތް ހުއްޓިފައި، ފެށޭނެ އިރެއް ނޭނގޭ!
މައިންބަފައިންގެ ހާސްކަމުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް!