ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފްއާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލް އެމީހުންގެ އަލަތު ދަރިފުޅަށް އިއްޔެ މަރުހަބާ ކިޔައިފި އެވެ.
އެ ހަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ވިކީއާއި ކެޓްރީނާ ވަނީ އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި އެ ދަރިފުޅަށް މަރުހަބާ ކީ ލޯތްބާއި ޝުކުރުވެރިކަމާއެކު ކަމަށެވެ.
ކެޓްރީނާއާއި ވިކީގެ މި ހަބަރާއެކު އެ ދެމީހުންގެ ސަޕޯޓަރުންގެ އިތުރުން ވެސް ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަ މީހުން އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.
ކެޓްރީނާ ބަނޑުބޮޑު ކަމަށް މީޑިއާގައި އަޑު ފެތުރޭތާ އެތައް މަސްތަކެއް ވީ ފަހުން އެ ދެމަފިރިން އެކަން ޔަގީން ކޮށްދިނީ މިދިޔަ ސެޕްޓެމްބަރު މަހު އެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
ބައްޕައަކަށް ވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިކީ ބުނެފައިވަނީ އޭނާގެ ހަޔާތުގެ އެ ސަފްހާއަށް ކެތްމަދުވެފައިވާ ކަމަށާއި އެއީ ދިރިއުޅުމުގެ އެންމެ އުފާވެރި ސަފްހާ ކަމަށް ދެކޭ ކަމަށެވެ.
އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކެޓްރީނާއާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރު ސިކްސް ސެންސަސް ރިސޯޓް، ފޯޓް ބަރްވަރާގަ އެވެ.
ބައިވެރިޔާއަށް ވަފާތެރިވާން އުނދަގޫތަ؟
އުފާވެރި ދިރިއުޅުމަކަށް ލޯބީގެ ގުޅުމެއް މުހިއްމެއް ނޫން!
ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަލްމޭގީ ވިއެޓްނާމަށް އަރައިފި