ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރާއެކު އާ ފިލްމެއް ކުޅެން ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް އޭނާއާއެކު މީގެ ކުރިން ގިނަ ފިލްމުތަކެއް ކުޅެފައިވާ ދީޕިކާ ޕަދުކޯން ދީފި އެވެ.
ދީޕިކާ މިކަހަލަ އިޝާރާތެއް ދީފައި މިވަނީ އޭނާއާއި ރަންބީރު އެކުގައި ފިލްމަކަށް ކާސްޓް ކުރަން އެދި މީހަކު ލާފައިވާ ވީޑިއޯއަކަށް ރިއެކްޓް ކޮށްގެންނެވެ.
އިންސްޓަގްރާމްގައި ސުނާލިކާ ނަމަކަށް ކިޔާ އެމީހާ ވަނީ ދީޕިކާއާއި ރަންބީރުގެ ފޮޓޯތަކާއި ވީޑިއޯތަކާއެކު އެ ދެމީހުން އަނެއްކާވެސް އެކުގައި ގެނެސްދިނުމަށް ބޮލީވުޑް ޕްރޮޑިއުސަރުންގެ ކިބައިން އެދިފަ އެވެ.
އެ ރީލްއަށް ދީޕިކާ ލައިކް ކޮށްފައިވާކަން ގިނަ ބަޔަކަށް އިސާހިތަކު ފާހަގަވިއިރު އެއީ އޭނާ އެކަމަށް ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.
ރަންބީރުއާއި ދީޕިކާ މީގެ ކުރިން ތިން ފިލްމަކުން އެކުގައި ފެނިފައިވާއިރު އެ ދެމީހުންގެ ޖޯޑަށް ތިން ފިލްމުގައި ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ރަންބީރާއި ދީޕިކާ އެކުގައި ގެނެސްދިނުމަށް އާއްމުން އެދެމުން އަންނައިރު އެ މީހުންނަކީ 2008 ވަނަ އަހަރުން ފެށިގެން 2010 އާ ހަމައަށް ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅުނު ދެ ތަރިންނެވެ.
އެ ގުޅުން ނިމުމަށް ފަހު ވެސް ރަންބީރުއާއި ދީޕިކާ ވަނީ އެކުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވައިފި
އަހާންއާއި އަނީތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟
އިންސާނާގެ ސިކުނޑި އެންމެ ހުށިޔާރުވާ އުމުރަކީ މިއީ!