އާއްމު ގޮތެއްގައި ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ނިދި ބޭނުންވާ ކަމަށް މި ފަހުން ހެދި ދިރާސާއަކުން އެނގިގެން ހިނގައްޖެ އެވެ.
މާހިރުންގެ ޓީމަކުން ދާދި ފަހުން ހެދި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފިރިހެނުންނަށްވުރެ އަންހެނުންނަށް 30 މިނެޓު ގިނައިން ނިދި ބޭނުންވެ އެވެ.
މިކަމުގެ ސަބަބެއްގެ ގޮތުގައި އެ ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ދުވާލެއްގެ މައްޗަށް އަންހެނުންގެ ސިކުނޑިން ކުރާ މަސައްކަތްތައް ގިނަވުމެވެ.
އެގޮތުން އާއްމު ދިރިއުޅުމުގެ ކަންކަމާއި އެ ނޫންވެސް އިޖުތިމާއީ އަދި ނަފްސާނީ ކަންކަމުގައި އަންހެނުންގެ ސިކުނޑި މާ ހަރަކާތްތެރި ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެހެން ކަމުން އެ ކަންކަމުން އަރައިގަތުމަށްޓަކައި އަންހެނުންގެ ސިކުނޑިއަށް ގިނައިރު ނިދި ބޭނުންވާކަން މާހިރުން ފާހަގަ ކޮށްފައިވެ އެވެ.
ހަމައެއާއެކު އުމުރާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ވެސް އަންހެނުންގެ ނިދުމަށް ބަދަލުތަކެއް އަންނައިރު އެ ކަންކަމަށް ރިއާޔަތް ކޮށް ނިދުމުގެ އާދަތައް ގެންގުޅުން މުހިއްމު ކަމަށް އެ ފަރާތްތަކުން ވިދާޅުވެ އެވެ.
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
އެކްޓް ކުރުމަށްވުރެ މޮޅީ އެހެން ކަމަކަށް ކަމަށް ވިކީ ބުނެފި
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!