މިދިޔަ އަހަރު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާ ނުވަތަ %65.7 ގެ އިތުރުވުމެކެވެ.
ޑިޕާޗާ ޓެކުހަކީ، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕާޗާ ޓެކްސް ނަގަން ފެށީ، 2022 ވަނަ އަހަރުގެ ޖަނަވަރީ 1 ގަ އެވެ.
ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް:
- އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު
- ޕްރައިވެޓް ޖެޓު: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު
ދައުލަތުގެ ޓެކްސް އިދާރާ އިން އާއްމުކުރި ރިޕޯޓުގައި ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވީ، 2025 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުން ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެ. 2024 ވަނަ އަހަރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ، 1.1 ބިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2025 ވަނަ އަހަރު ދައުލަތައް ލިބުނީ 1.9 ބިލިޔަން ރުފިޔާ އެވެ. 2024 ވަނަ އަހަރު އެއާޕޯޓް ޑިވެޕޮލްމެންޓް ފީގެ ގޮތުގައި ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ.
ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެއްކޮށްލައިގެން 2025 ވަނަ އަހަރު ދައުލަތައް ލިބުނު އާމްދަނީއަކީ 3.8 ބިލިޔަން ރުފިޔާ އެވެ. 2024 ވަނަ އަހަރު ލިބިފައި ވަނީ، 2.3 ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ % 65.7 އިތުރުވުމެއް ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީހުން "ފިޓް" ވުމުން ޗިޗާ އުފާވޭ!
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ