މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އެ ޕާޓީ ޖޫރިމަނާކުރީ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު 5 އޮކްޓޫބަރުގައި ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮށްފައިވާ ހުރިހާ ހަރަދުތަކުގެ ތަފުސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިގެންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފުސީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް އަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވާތީ އެ ކަންކަން ކަށަވަރުނުކުރެވޭ ކަމަށް އޮޑިޓް ކުރި ފަރާތުން ފާހަގަކޮށްފައިވެ އެވެ.
އަދާލަތު ޕާޓީ ޖޫރިމަނާކުރި އިރު، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި 6,086 މީހުން ރަޖިސްޓްރީވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ރައޫފާއި ސަމީރު
ފަރީދަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
