މިއަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސްއިން ބުނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.
ޒަކާތް ދެއްކޭނެ ގޮތްތައް:
• ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)
• އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
• މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
• ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްިލޭޝަން)
• ފަހިޕޭ (އެޕްލިކޭޝަން)
• އަވަސް އެޕް
• ބަނޑޭރި ޕޭ
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އާންމުކޮށްފަ އެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް:
• 22 ފެބުރުވަރީ - 9 މާޗު: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
• 10 މާރިޗު - 19 މާޗު : ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް
ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ ކައުންސިލްތަކުން ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
• އާދައިގެ ހަނޑޫ: 12 ރުފިޔާ
• ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ
• ރަތް ހަނޑޫ: 96 ރުފިޔާ
• ބާސްމަތީ ހަނޑޫ (އާދައިގެ)؛ 77 ރުފިޔާ
• ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
• ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
• އާދައިގެ ފުށް: 10 ރުފިޔާ
• އާޓާ ފުށް: 75 ރުފިޔާ
ސުވާލާއި ޖަވާބު: އެކަނި ތަރާވީހް ނަމާދު ކުރެވިދާނެތަ؟
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
