ކުންފުންޏެއްގެ ވެރިއަކު އޭނާ ރިޓަޔާވުން ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންނަށް 10 މިލިއަން ޔޫރޯ ހަދިޔާކޮށްފި އެވެ.

އެޑްމިތަލްގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ސްޓީވަންސް އާއި އޭނާގެ އަންހެނުން ހެދާގެ ފަރާތުން ދިން ހަދިޔާ ބެހިގެންދާނީ ސައުތް ވޭލްގައި މަސައްކަތް ކުރާ 7،500 މުވައްޒަފުންނާއި ގައުމުން ބޭރުގައި މަސައްކަތް ކުރާ އެ ކުންފުނީގެ 3،000 މުވައްޒަުންގެ މެދުގަ އެވެ.

އެ ގޮތުން ފުލް-ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް 1000 ޔޫރޯ ދޭން ހަމަޖެހިފައިވާ އިރު ޕާޓް-ޓައިމްކޮށް މަސައްކަތްކުރާ ފަރާތްތަކަށް 500 ޔޫރޯ ލިބޭނެ އެވެ.

ކާޑިފްގައި ހުންނަ މި މޯޓާ އިންޝުއަރެންސް ކުންފުންޏަކީ ސްޓީވެންސްއާއި އޭނާގެ އަންހެނުން ގުޅިގެން 1991 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރިޓަޔާ ވަމުން ސްޓީވެންސް ވަނީ އޭނާއާއި އެކުގައި މަސައްކަތް ކުރި މީހުންނާއި މެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

"އެޑްމިރަލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރުމަށް އޮތް އެންމެ ރަނގަޅުގޮތަކީ މީ،" ސްޓީވެންސް ވިދާޅުވި އެވެ.