އެމެރިކާ އާއި އިޒްރޭލުން ޕްރައިމަރީ އީރާނުގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި ފުރާނަ ގެއްލުނު ދަރިވަރުންގެ އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ރެޑް ކްރޮސް ސޮސައިޓީން ނިންމައިފި އެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި އެ ގައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިންގެ މަދަރުސާއަކަށް ބޮންއަޅައި، 180އެއްހާ ދަރިވަރުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
މިނާބްގެ މަދަރުސާއަކަށް ބޮންއަޅައި ކުޑަކުދިންތަކެއް ޝަހީދު ކޮށްލާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހު ޝަހީދު ކޮށްލާފައިވާ 180 ކުދިންގެ ޖަނާޒާ ބާއްވާފައި ވަނީ މާޗު 3ވަނަ ދުވަހު އެވެ.
ޗައިނާގެ ރެޑް ކްރޮސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވި ކުދިންގެ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން 200,000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެހީއަކީ އެ އާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ސީދާ ގޮތުން ފޯރުކޮށްދެވޭނެ އެހީއެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މި އެހީ ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ ސްކޫލަށް ދެވުނު ހަމަލާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމެވެ.
ޗައިނާގެ ރެޑް ކްރޮސް އިން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ބޮލީވުޑް ދޫކޮށްލަން އާމިރު ނިންމީ މިހެންވެ!
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
ރޯދަ މަހު ކެއިންބުއިމުގައި މޭވާ ހިމަނަންވީ ގިނަ ސަބަބުތަކެއް!