ހުސްވެފައިވާ ސައެންސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންގެ މަގާމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފޮނުއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމަކަށް ސައިންސް މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅެއްގެ ނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ދެ ބޭފުޅެއްކަން ސާފުވާގޮތެއް ނުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރު އެކުލަވައިލިއިރު، ޖުމްހޫރީ ޕާޓީއަށް ހަތަރު ވުޒާރާއެއް ކެބިނެޓުން ދީފައިވާއިރު އެއިން އެއް ވުޒާރާއަކީ ސައެންސް ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސް މިނިސްޓްރީ އެވެ.
އެ މިނިސްޓްރީގައި ކުރިން ހުންނެވީ މުޙައްމަދު މަލީހު ޖަމާލެވެ.
އެ މިނިސްޓްރީގައި ކުރީން ހުންނެވީ މުހައްމަދު މަލީހު ޖަމާލެވެ. ނަމަވެސް މިއަހަރުގެ މާޗް މަހު މަލީހު ވަނީ މިނިސްޓަރުގެ މަގާމުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކޮށްފަ އެވެ. އެ ފަހުން އެ މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަންކުރައްވާފައެއް ނުވެ އެވެ.
މި ސަރުކާރުން މިހާތަނަށް ފަސް ވަޒީރަކު މަގާމުން ދުރުކޮށް ނުވަތަ އިސްތިއުފާ ދީފައިވާއިރު އޭގެ ތެރެއިން ތިން ބޭފުޅަކު ނިސްބަތް ވަނީ ޖޭޕީއަށެވެ. ނަމަވެސް ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އަހުމަދު ނަސީމެވެ.
ސައެންސްއާއި ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް ދެ ބޭފުޅެއްގެ ނަން ގާސިމް ފޮނުއްވިއިރު، ރައީސް ސޯލިގެ ކެބިނެޓަށް އެމަނިކުފާނު ބޮޑެތި ބަދަލުތަކެއް ގެންނަންވަން ނިންމަވައި އެކަން ކޯލިޝަނުގެ ލީޑަރުންނަށް ވަނީ އަންގަވައިފަ އެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
ސައިންސް މިނިސްޓަރުކަމުގެ މަގާމަށް އެންމެ ކުފޫހަމަވާ މީހަކީ އެ. ޖީ. ބީ. އެސް. ގެ ދުވަސްވަރު އޭގެ ފިހާރައެއްގައި ޢަލީ ޢަބުދުﷲ ގެ ކާތިބަކަށްއިން ބުރުމާ ޤާސިމް. އޭނާ އެމަގާމަށްގެ ނެވޭތޯ އަހަރެން ވެސް މަސައްކަތްކުރާނަން.