އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް މުސްލިމުންނާ މެދު އެންމެ ބޮޑަށް އިހާނެތިކޮށް ކަންތައްތައްކުރާ އެއް ގައުމެވެ. މުސްލިމުންނާ މެދު ތަފާތުކުރުންތައް ވެސް އެހާމެ ބޮޑެވެ. އެއީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުން ވެސް އެންމެ އާއްމު އެއް ގައުމެވެ.

ގާތްގަނޑަކަށް 170 މިލިއަނަށް ވުރެ ބޮޑު މުސްލިމުންގެ އާބާދީއެއް އޮންނަ އިންޑިއާގައި މުސްލިމުން ހިއްސާ ކުރަނީ އެ ގައުމުގެ މުޅި އާބާދީގެ 14.61 އިންސައްތަ އެވެ. ހިންދޫންގެ އާބާދީ ބޮޑު އެ ގައުމުގައި އިސްލާމް ދީނަކީ މައިނޯރިޓީ ދީނެކެވެ.

މި ސަބަބަށްޓަކައި މުސްލިމުންނަށް ކުރާ ދުއްތުރާތައް އިންޑިއާގައި އިންތިހާއަށް ގިނަ އެވެ. ކަޝްމީރުގެ މުސްލިމުންގެ ގެދޮރާއި މުދާ ތަޅާ ސުންނާފަތި ކުރަމުންދިޔައީ އިންސާނިއްޔަތު ކަމުގެ ކުޑަ ވެސް ކަންފުޅެއް ނެތި އެވެ. މިސްކިތްތައް ބިމާ ހަމަކޮށް އެބިންތަކުގައި ފައްޅިތައް އާރާސްތު ކުރަމުން ދިޔައީ ދީނީ ހަމަހަމަކަން އެއީ ފުލޯކު ވާހަކަތަކެއް ކަމުގައި ހަދަމުންނެވެ. ސަރުކާރާއި ބޮޑު ވަޒީރު މޯދީގެ އިސްލާމް ދީނާ ދެކޮޅު ސިޔާސަތުތައް ދިޔައީ ހައްދުފަހަނަ އަޅައި އިތުރު ވަމުންނެވެ.

އުއްތަރަ ޕްރަދޭޝްގެ މީރުޓްގައި މުސްލިމުންގެ ގެތަކެއްގައި ރޯކޮށްފައި

މިއަދު އެ އިންޑިއާ ގެ ހާލަތު ނިކަން ދެކިބަލާށެވެ. ކޮވިޑްގެ ވަބާ ހައްދުން ނެޓި، އެ ގައުމު މިވަގުތު އޮތީ ނޭވާ ހޮޅިއަށް އެޅިފައޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. މުސްލިމުންނަށް މެދުކެނޑުމެއްނެތި ޖެއްސުން ކުރަމުން އެމީހުންގެ ބާރު މުސްލިމުންގެ މައްޗަށް އަތްގަދަ ކުރަމުން ދިޔަ އެ އިންޑިއާ މިވަގުތު އޮތީ އެ ގައުމުގެ ހާލަތު ބޮއްސުން ލައިގެން ދިޔައިރު އެއްވެސް ބާރެއް ނެތި ކުޑަ ކަކޫ މައްޗަށް ތިރިވެފައެ އެވެ.

މި ނާޒުކު ހާލަތުގައި ވެސް ދެގޮތެއް ނުވެ ތިބީ އިންޑިއާގެ މުސްލިމުންނެވެ. މިސްކިތްތަކާއި ދީނީ ސެންޓަރުތައް ކޮވިޑް ފެސިލިޓީތަކަށް ހެދީ ދީނީ ބައިބައިވުންތައް އެއްފަރާތްކޮށް، ގައުމީ ލޯބީގަ އެވެ. ޚުދު އަމިއްލަ އާއިލާތަކުން ކޮވިޑް ޖެހިދާނެތީ ބިރުން އަޅާނުލާ އެއްލާލައިފައިވާ ހިންދޫ މީހުންގެ ފުރާނަ ނެތް ހަށިތައް އެންދުމާއި ވަޅުލުމަށް އިސްނެގި މުސްލިމުން އެކަން ކުރީ އަޚްވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށްފަ އެވެ. ލިބުނު އަނިޔާތަކާއި ކުރި ދުއްތުރާތައް ހިތުން ފިލައިގެނެއް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނުގައި ދުޝްމަނުންނަށް ވެސް ކަމޭހިތުމަށް އަންގަވާފައި ވާތީ އެވެ.

https://youtu.be/nxGaMd7afjM

ނަތީޖާއަކީ ތޯއެވެ؟ މުސްލިމުންނަށް ފުރައްސާރަ ކުރި އެއްކަލަ ހިންދޫ ދީނުގެ ފާދިރީން މަގުތަކަށް ނުކުމެ ޝަހާދަތުގެ ދެކަލިމަ ފާޅުގައި ކިޔަން ފެށުމެވެ. މުސްލިމުންނާ ދެކޮޅު ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ އިސްވެ ތިބި ފުލުހުން ކޮވިޑްގެ ވަބާއިން ސަލާމަތް ކޮށްދެއްވާތޯ ﷲގެ ހަޟްރަތުގައި ދެންނެވުމަށް މުސްލިމުންގެ ކިބައިން އެދި އާދޭސް ކުރުމެވެ.

https://youtu.be/0q0qiCQh3XA

މިއީ މުސްލިމުންނަށް އަނިޔާކުރުމުގައި އަރާހުރި އޭޝިއާގެ އެންމެ ވަރުގަދަ އެއް ބާރުގެ މިއަދުގެ ހާލަތެވެ.

މިހުރިހާ ކަމަކުން އަޅުގަނޑުމެން މުސްލިމުން އިބުރަތް ލިބިގަންނާކަށް ނުޖެހޭ ހެއްޔެވެ. އަވަށްޓެރި އިންޑިއާގެ އަދުގެ ހާލަތު ފެނި ހިތްފަޅައިގެން ދާވަރުވެ އެވެ.