ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދީފިނަމަ، އޭގެ ރައްދުގައި އެމެރިކާގެ ވޮޝިންޓަނަށާއި އިޒްރޭލުގެ ތެލް އަވީވަށް ނިއުކްލިއަރ ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރެއް އުތުރު ކޮރެއާއިން ދީފި އެވެ.
ޕިއޮންޔަންގުން މިފަދަ އިންޒާރެއް ދީފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އުތުރު ކޮރެއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފިނަމަ، އެ ގައުމުން ވަގުތުން ވަރުގަދަ ރައްދެއް ދޭނެ އެވެ.
މި އިންޒާރުގައި ވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ އިތުރުން، އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ އިޒްރޭލުގެ ތެލް އަވީވަށް ވެސް ނިއުކްލިއަރ ހަމަލާތައް އަމާޒުކުރާނެ ކަމަށް ބުނެފަ އެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި އުތުރު ކޮރެއާއިން ދީފައިވާ އެންމެ ނުރައްކާތެރި އެއް އިންޒާރުގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
މިކަމާ ގުޅިގެން އެމެރިކާއިން ނުވަތަ އިޒްރޭލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އުތުރު ކޮރެއާގެ މި އިންޒާރާއެކު ދުނިޔޭގެ ސަލާމަތީ މަސްރަހަށް ވަނީ އިތުރު ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ.
ޔޫރަޕްގެ އިސް މަންދޫބަކަށް ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް
އުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މާދަމާ ފަށަނީ