ކ. ހުރާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، އެ ގޭގައި ދިރިއުޅެމުންދިޔަ 15 މީހުން ހާލުގައި ޖެހިއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ވަނީ ފަށާފައެވެ.
މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލު ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ބަލައި ވަޒަންކުރަމުންނެވެ.
އީރާނުގެ ހަނގުރާމަ ރަތްކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އެމެރިކާގެ ހަތިޔާރު ހުސްވަމުންދާތީ ހަމަލާތައް މެދުކަނޑާލައިފި
