ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން 1.1 ބިލިއަން ރުޕީސްއަށް ވުރެ ގިނަ ފައިސާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައިގައި ބުދުދީނުގެ 22 ފާދިރީން ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކުރީ އެއާޕޯޓުގެ ތެރެއިންނެވެ. ފުލުހުން ބުނިގޮތުގައި، 110 ކިލޯއަށް ވުރެ ގިނަ "ކުޝް" އަދި "ހަޝިޝް" ފެނިފައިވަނީ ކިޔަވާ ކުދިން ބޭނުންކުރާ ސާމާނާއި ތަފާތު ވައްތަރުގެ ފޮނިކާތަކެތި އަޅާފައި ހުރި ފޮށިތަކެއްގެ ދަށުގައި، ސިއްރުން ހަދާފައިވާ ބައިތަކެއްގައި ފޮރުވާފައި ހުއްޓަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރުކުރި ކޮންމެ މީހެއްގެ ދަބަހުގައި ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޓެވެ. ތަހުގީގު ކުރާ ފަރާތްތަކަށް އެނގިފައިވާ ގޮތުގައި، މި ގްރޫޕް މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބެންކޮކަށް ދަތުރުކޮށްފައިވަނީ އެހީތެރިއަކު (ސްޕޮންސަރަކު) ހަމަޖައްސައިދިން ޓިކެޓްތަކެއްގަ އެވެ. އަދި އެ މީހުން ގައުމުން ބޭރުގައި އުޅުނުއިރު އާންމު ހެދުމުގައި ތިބި މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ފޯނުތަކުން ފެނިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިއީ ބަންޑާރަނައިކަ އެއާޕޯޓުގެ ތާރީހުގައި ވެސް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭއިރު، މިއީ އެހާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބުދުދީނުގެ ފާދިރީންތަކެއް އެ އެއާޕޯޓުން ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ހައްޔަރުކުރި މީހުންނަކީ އެކި މުއައްސަސާތަކުން މަތީ ތައުލީމު ހާސިލްކުރަމުންދާ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުންނެވެ. މި މީހުންގެ މައްސަލައިގެ އިތުރު މަރުހަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ނިގަންބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މައިކަލް ޖެކްސަން އަށް އިތުރު ތުހުމަތުތަކެއް ކޮށްފި
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން