ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި މިއަދު ރޯވެ ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅިފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބުނީ 1:22 ހާއިރެވެ.
އެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ފަޔާފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ 2:45 ހާއިރެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި، އަލިފާން ރޯވުމުން އެ މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދައިފައި ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
މާލޭގެ ގެއެއްގައި ރޯވެ އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ
ދަތަށް އިލޮށިކޮޅު ހެރުން ރަނގަޅެއް ނޫން!
