މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ހައިކޯޓުގެ ހުކުމަކާއެކު ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާގައި ދެ ކެންޑިޑޭޓަކު އެއްވަރުވުމުންނެވެ.
އީސީ އިން ބުނީ ހައިކޯޓުގެ ގަޒިއްޔާއިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމް ކުރުމާ ގުޅިގެން އެރަށު ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރު ވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ އިންތިހާބުގެ އިތުރު ބުރެއް އަންނަ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އީސީ އިން ބުނިގޮތުގައި އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ، ދިލްޝާދުގެ، ސުހާ އިބްރާހީމް އާއި އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ، މުޝްތަރީވިލާ، މުހައްމަދު ޝާހިދެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރު ބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 14 ގައި އިއުލާން ކުރާނެ ކަމަށް ވެސް އީސީން ބުނެ އެވެ.
ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ނެގުމާ ގުޅޭގޮތުން ޝަކުވާ ނުވަތަ މައްސަލަތަކާ ގުޅިގެން "ޝަކުވާ/ މައްސަލަ ހުށަހަޅާ ފޯމު" އިން [email protected] އަށް ހުށަހެޅޭނެ ކަމަށް ވެސް އީސީން ބުނެ އެވެ.
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
މޫނުން ނަފްސާނީ ސިއްހަތު ދެނެގަނެވިދާނެތަ؟