ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންކުރި އިމާރާތް، ހުޅުމާލެ ޖަލުގެ އާ ޔުނިޓެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައި ގައިދީންނަށް ހިދުމަތް ދޭން ފަށައިފި އެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ކްރިމިނަލް ކޯޓާ އިންވެގެން ހުރި މި އިމާރާތަކީ ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނިގޮތުގައި މި ޔުނިޓުގެ މަސައްކަތްތައް ފަށާފައިވަނީ 16 މީހުންގެ ޖާގައިގެ އެއް ސެލް ބްލޮކާއެކުގަ އެވެ. ނަމަވެސް މުޅި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން ޖުމްލަ 140 ގައިދީންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ. މި އާ ޔުނިޓުގެ ކޮންމެ ބައެއްގައި ފަސް ސެލް ބްލޮކް ހުންނާނެކަމަށާއި، ގައިދީން ބައިތިއްބާ ކޮޓަރިތަކަކީ އޭސީކޮށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަންތަންކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
ހުޅުމާލެ ޖަލުގެ ޑިރެކްޓަރު އަދި ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުﷲ ވިދާޅުވި ގޮތުގައި، މި ބަދަލަކީ މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އިމާރާތުގެ ބާކީ ހުރި ބައިތައް ނިންމައި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ފުރިހަމައަށް ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ޓްރާންސިޓް ޖަލެއްގެ ގޮތުގައި ބޭނުންކުރި މާލޭ ޖަލު ބަންދުކުރަން ޖެހުނީ އެތަނާ އިންވެގެން ހުރި ދަރުމަވަންތަ ސްކޫލުގެ މަލްޓިޕާޕަސް ހޯލު އެޅުމަށް ޖަލުގެ ބައެއް ބޭނުންވުމާ ގުޅިގެންނެވެ.
މި އިމާރާތުގެ މަރާމާތު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި ގައިދީން ގުޅިގެންނެވެ. މިއީ ގައިދީންނަށް އާ ހުނަރުތައް ދަސްކޮށްދީ، މުޖުތަމައުއަށް ނުކުތުމަށް ތައްޔާރުކުރުމަށް ލިބުނު ފުރުސަތެއްކަމަށް ބެލެވެ އެވެ. މި އާ ޔުނިޓުގައި މައިގަނޑު ގޮތެއްގައި ބައިތިއްބާނީ މާލެ ސަރަހައްދުގައި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގައިދީންނާއި ބޭސްފަރުވާއަށް މާލެ ގެންނަ ގައިދީންނެވެ. މިކަމުގެ ސަބަބުން ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް މާލެ ގެންނަ ގައިދީން ބޭތިއްބުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ އެވެ.
8 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުން ވޭތަ؟ މާހިރުން ބުނަނީ ކީކޭ؟
ޕެންޝަން އޮފީހުގެ ޗެއާމަން ކަމަށް މަޖީދު އައްޔަންކޮށްފި
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"
