ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއެކު މިހާރު މި ހިނގަމުންދާ ޝަރީއަތުގެ ތެރެއަށް ޑްރަގްގެ ކަންތައްގަނޑެއް ލައިގަނެ، އެކަމުގެ ތެރެއަށް ބޮލީވުޑްގެ ސުޕަސްޓާ ދީޕިކާ ޕާޑުކޯން ވެސް މިވަނީ ބޮޑުތަނުން "ބޭނިފަ" އެވެ.

އެގޮތުން ބޮލީވުޑްގައި މަސްތުވާތަކެތި ބޭނުންކުރާ ތަރިންގެ ތެރޭގައި ދީޕިކާ ހިމެނޭ ކަމުގެ ތުހުމަތާއި އެކު އޭނާ ވަނީ އިއްޔެ ސުވާލުކުރުމަށް އެންސީބީ އަށް ހާޒިރުކޮށްފަ އެވެ. އެއާއެކު ރިޕޯޓުތަކުން ބުނާގޮތުގައި ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވަނީ 12 މެމްބަރުން ހިމެނޭ ލީގަލް ޓިމަކާ ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ރިޕޯޓައް ބުނާ ގޮތުން މި ބައްދަލުވުމުގައި ދީޕިކާ ވަނީ ޑްރަގް ޗެޓްތައް ލީކުކުރިކަމުގެ ތުހުމަތު އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަދި ޓެލެންޓް މެނޭޖަރު ޖާޔާ ސާހާ އަށް ކޮށްފަ އެވެ.

ހޮނިހިރު ދުވަހު އެންބީސީ އިން ވަނީ ހަ ގަޑި އިރު ވަންދެން ދީޕިކާ އާއި ސުވާލުކޮށްފައި

ދީޕިކާގެ އިތުރުން މި ކޭސްގައި އިތުރު ދެ ތަރިއަކާ ވެސް ސުވާލުކޮށްފައިވެ އެވެ. އެއީ ސާރާ އަލީ ހާން އާއި ރާކުލް ޕްރީތް އެވެ.

މި މައްސަލައާއި ގުޅިގެން ނާކޮޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި ދީޕިކާ ޕާޑުކޯން އާއި ސުވާލުކޮށްފައިވަނީ ވަޓްސްއެޕްގައި އޭނާ އާއި މެނޭޖަރުންނާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ. އެ މެސެޖްތަކުގައި ވަނީ ސީދާ ކީކޭކަން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.