އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއްޗަކީ އޭނާގެ ސިއްހަތެވެ. ވަޒީފާއާއި، ގުޅުންތަކާއި އަދި އިޖުތިމާއީ ކަންކަންވެސް އަންނަން ޖެހޭނީ ސިއްހަތަށްފަހު އެވެ.

މިކަމަށް އަލި އަޅުވާލަމުން، އެމެރިކާގެ ބޯޑު-ސަޓިފައިޑް ކާޑިއޯވަސްކިއުލާ ސާޖަން ޑރ. ޖެރެމީ ލަންޑަން ވަނީ އިންސާނާގެ ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ އަމިއްލަ ސިއްހަތާމެދު އިހުމާލުވުން ކަން ހާމަ ކުރައްވާފަ އެވެ.

25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ޑރ. ލަންޑަން ވިދާޅުވި ގޮތުގައި، ސިއްހަތާމެދު އިހުމާލުވުމަކީ ހަގީގީ "ސައިލެންޓް ކިލާ" (ސިއްރުން ފުރާނައަށް ނުރައްކާކުރާ އެއްޗެއް) އެވެ.

އިހުމާލުވުމަކީ ކޮބާ؟ ޑރ. ލަންޑަންގެ އިރުޝާދު

  • އާދަކާދައަށް ވެގެންދާ ނުރައްކާތައް: ގިނަ ފަހަރަށް މީހުންނަށް ނުރައްކާތެރި ސިއްހީ އަލާމާތްތަކަށް އިހުމާލު ވެވެނީ އެކަންކަމަކީ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ގަބޫލު ކުރެވޭތީ އެވެ. މިސާލަކަށް؛ ގިނަ ދުވަސް ވަންދެން ބޭނުންކުރާ ބޭހެއްގެ ފެންވަރާމެދު ސުވާލު ނުކުރުން، ނޯމަލް ނޫން ލޭގެ ޓެސްޓް ރިޕޯޓެއް އަލުން ޗެކް ނުކޮށް ދޫކޮށްލުން، ނުވަތަ ގައިން ފެންނަ ކުދިކުދި އުނދަގޫތަކަށް އާދަވުން ހިމެނެ އެވެ.
  • ތަފާތު ދެނެގަތުން: ދިރިއުޅުން ކުރިއަށްގެންދާ ރަނގަޅު "ރޫޓީން" އަކާއި، މީހާ އެކަންކަމުގެ ތެރޭގައި ތާށިކޮށްލާ ކަންކަން ފެންނާނީ އެއްގޮތަކަށެވެ. އެހެންކަމުން، އަމިއްލަ ނަފްސާ ތެދުވެރިވެ، ބަދަލު ކުރަންޖެހެނީ ކޮން ކަންތައްތަކެއްތޯ ސުވާލު ކުރުން މުހިއްމެވެ.

ބަދަލު ވާންވީ ކިހިނެއް؟

"މީގެ މާނައަކީ މުޅި ދިރިއުޅުން އެއް ފަހަރާ ކުއްލިއަކަށް ބަދަލު ކޮށްލުމެއް ނޫން ކުދިކުދި ބަދަލު ތަކުން ފެށިދާނެ. ގިނަ މީހުން ބަދަލުވާ ން ބިރުގަނޭ. ނަމަވެސް، އަހަރެމެން ހަގީގަތުގައި ބިރު ގަންނަންވީ އެއް ހާލަތެއްގައި، އެއްގޮތަކަށް ބަދަލެއް ނުވެ ހުރުމަށް." – ޑރ. ޖެރެމީ ލަންޑަން

ޑރ. ލަންޑަން އިރުޝާދު ދެއްވަނީ ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ގެނައުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް ކުދިކުދި އެދެވޭ ބަދަލުތަކެއް ސިއްހީ އާދަތަކަށް ގެނައުމަށެވެ. ސިއްހަތަށް ރަނގަޅު ބަދަލެއް ނުގެނެސް ހުރުމުގެ ނުރައްކާ، އެ ބަދަލު ގެނައުމަށް ކުރިމަތިވާ ވަގުތީ އުނދަގުލަށްވުރެ މާ ބޮޑެވެ.

އަމިއްލަ ސިއްހަތާމެދު ފަރުވާތެރިވެ، ޑޮކްޓަރުގެ ލަފާ ހޯދުމާއި، ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް އެންމެ ބޮޑު މަގެވެ.