ބޮލީވުޑްގެ މަޝްހޫރު ފިލްމް ފްރެންޗައިޒް 'ޑޮން'ގެ ތިންވަނަ ފިލްމުން އެކްޓަރު ރަންވީރު ސިންހް ވަކިވުމާ ގުޅިގެން އުފެދުނު ބޮޑު ބަހުސަށްފަހު، ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަހްތަރު އެންމެ ފަހުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފި އެވެ.
"ޑޮން" ފްރެންޗައިޒްގެ ތިންވަނަ ފިލްމުގައި ޝާހްރުކް ހާންގެ ބަދަލުގައި ލީޑު ރޯލުން ރަންވީރު ފެންނާނެކަން އިއުލާނު ކުރުމާއެކު ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.
ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ފެށެން ކައިރިވެފައި ވަނިކޮށް ރަންވީރު ވެސް ވަނީ ކުއްލިއަކަށް މި ފިލްމުން ވަކިވެފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފަރްހާން ބުނީ، ފިލްމުތަކުން ކުއްލިއަކަށް ރަންވީރު ވަކިވުމަކީ އާ ކަމެއް ނޫން ކަމަށާއި އެއީ އޭނާގެ "އާދައަކަށް" ވެފައިވާ ކަމަށެވެ.
ފަރްހާން ބުނެފައިވަނީ ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން އެކްޓަރުންގެ ނިންމުންތައް ބަދަލުވުމަކީ ޕްރޮޑިއުސަރުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.
ރަންވީރު މި ފިލްމުން ވަކިވުމާ ގުޅިގެން ޕްރޮޑަކްޝަން ހައުސްއިން ވަނީ ގާނޫނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން، ރަންވީރުގެ މި ކުއްލި ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ނޯޓިސް ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހަމަ އެހެންމެ، މިކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް ފަސްކުރަން ޖެހުމާއެކު، މުޅި ޕްރޮޖެކްޓުގެ ބަޖެޓަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެ އެވެ.
'ޑޮން 3' އިން ރަންވީރު ވަކިވުމާއެކު، މިހާރު ފަރްހާން އަންނަނީ 'ޑޮން'ގެ ރޯލަށް އާ އެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ވެސް ރަންވީރު ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އަދި "ބައިޖޫ ބާވްރާ" ފަދަ ފިލްމުތަކުން ކުއްލިއަކަށް ވަކިވެފަ އެވެ.
އަޔާޑާގެ އެޑްލީސް ވިއްކާލަން އާ އުކުޅުތަކެއް ބޭނުންކުރަނީ
ވިއްސާރަ މޫސުމުގައި ލޯ ރަތްވެ ފެން އަންނަނީތަ؟
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟