މިފްކޯގެ ސެންޓަރުތަކާއި މަސް ގަންނަ ބޯޓުފަހަރަށް މަސް ކިރުވާ މިންވަރަށް ބަލައި، މަސް ގަންނަ އަގުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.
މި އާ ބަދަލާ އެކު، އެ ކުންފުނިން މިހާރު މަސް ގަންނަމުންދަނީ ތިން ރޭޓަކަށް ބަހާލައިގެންނެވެ.
އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ މަސް ކިރާނަމަ ކިލޯއަކަށް ލިބޭނީ 21 ރުފިޔާ އެވެ. އަދި 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ ކިލޯއެއްގެ އަގަކީ 22 ރުފިޔާ އެވެ. އެންމެ ބޮޑު އަގެއް ކަމަށްވާ ކިލޯއަކަށް 22.75 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވަނީ 8 ޓަނަށް ވުރެ އިތުރަށް މަސް ކިރުވާ އުޅަނދުފަހަރަށެވެ.
މި އަގުތަކުގައި މިއަދު މަސް ގަންނަމުންދަނީ ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުންނެވެ.
ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނެ އަގެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި މި ބަދަލާ އެކު، މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާނެ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ. ނަމަވެސް މިއީ ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެކެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މަސް ކިރުވި މިންވަރު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 50 އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފަ އެވެ. މިއާއެކު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވެސް ވަނީ މުހިންމު މިންވަރަކަށް ދަށަށް ގޮސްފަ އެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯނެއް!
"ރަސްމާލެ މަޝްރޫއާ ހެދި އިސްލާމީ ސިޔާދަތަށް ނުރައްކާ ވެދާނެ"