މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށް، އަންނަ ހޯމަ ދުވަހަށް ފަސްކޮށްފި އެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެފައި ވަނީ ދެން ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު ކަމަށެވެ.
ނަމަވެސް ފަހުން މަޖިލީހުގެ އިދާރާއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ޖަލްސާ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާ ފަސްކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
މި އަހަރުގެ މިހާރު ހިނގަމުންދާ ދައުރު މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މި ދައުރުގެ މައިގަނޑު މަސައްކަތަކަށް ވާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ފާސްކުރުމެވެ.
ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށާއި، މިދިޔަ ދައުރުގައި ވެސް މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ނުނިމޭކަން މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކާފައިވެ އެވެ. މިކަމާ ގުޅިގެން މެންބަރުންގެ މަސައްކަތާ މެދު އާންމުންގެ ފަރާތުން ކަންބޮޑުވުންތައް ވަނީ އަމާޒުވެފަ އެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ޝާހިދު ހައްޔަރުކޮށްފި
ސްޓްރޯކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަން
އިންތިހާބަށްފަހު އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ބާރުއަޅައިފި