ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ތަރި ކަމަށްވާ އުމުރުން 83 އަހަރުގެ އަމީތާބް ބައްޗަން،ގެ މަސައްކަތުގެ ބުރަ ކަމުން އޭނާގެ ކެއުމާއި ނިދުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެފައިވާ ކަމަށް އެއްބަސް ވެއްޖެ އެވެ.
އަމީތާބް އޭނާގެ ބްލޮގް މެދުވެރިކޮށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެމުން ބުނެފައިވަނީ، ފަހަކަށް އައިސް ގަވާއިދުން ބްލޮގް ނުލިޔެވުނީ މަސައްކަތުގެ ބުރަކަމުން ކަމަށެވެ.
ހެނދުނު 7:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް، 24 ގަޑިއިރުގެ ދިގު ޝިފްޓްތަކެއްގައި މަސައްކަތް ކުރަން ޖެހުމުން، ކެއުމާއި ނިދުމަށްވުރެ ބޮޑަށް ވެފައިވާ އެއްބަސްވުންތަކަށް އިސްކަން ދޭން ޖެހުނީ ކަމަށް އޭނާ ހާމަކުރި އެވެ.
'ކޯން ބަނޭގާ ކްރޯޅަޕަތީ' (ކޭބީސީ) ގެ 18 ވަނަ ސީޒަންގެ މަސައްކަތް ފެށުމާއެކު މިހާރު އޭނާއަށް ވަނީ ކުޑަ ބްރޭކެއް ލިބިފަ އެވެ. ކުރިއަށް އޮތް ތަނުގައި ކުރީގެ އާދައިގެ މަތިން ސަޕޯޓަރުންނާ ގަވާއިދުން ގުޅުން ބަހައްޓަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އެއާއެކު އެންމެ ދުވަހަކު ވެސް މަސައްކަތް ނުކޮށް ހުންނަން ޖެހިއްޖެނަމަ، ދުވަހުގެ ތަރުތީބު އޮޅުންބޮޅުންވެ ނުތަނަވަސްކަން އިހުސާސްވާ ކަމަށްވެސް އޭނާ ކުރިން ބުނެފައިވެ އެވެ.
އެންމެ ފަހުން 'ކަލްކީ 2898 ' އިން އިންޑިއާގެ ސިނަމާތަކުން ބޮޑު ކާމިޔާބީއެއް ހޯދި އަމީތާބް، މިހާރު އަންނަނީ އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގްގެ މަސައްކަތްތަކާއި ކޭބީސީގެ އާ ސީޒަން ހުށަހަޅައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރި!
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
ސައުދީން އުފެއްދި ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވަނީ