މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ މިހާރުވެސް މީރާގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ތިން އޮފިޝަލުންގެ ނަމެވެ.
އެއީ ސ. ހުޅުދޫ، ބަގީޗާގެ، އަހުމަދު ޝަފްނީޒްއާއި، ވ. މިޔަރެސް، އަހުމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނދުގަސްދޮށުގެ، މަރިޔަމް ޖައިދާއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް މިދިޔަ ޖުލައި މަހު އައްޔަނުކުރުމާ ގުޅިގެންނެވެ. އަދި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.
މަޖިލީހަށް ފޮނުއްވި ނަންތައް ކޮމިޓީން ދިރާސާކުރުމަށްފަހު، ތަޅުމުން ފާސްކުރާ ތަރުތީބަށް ބެލުމަށްފަހު އެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ކުއްލި މައްސަލައެއް