އައްޑުއާ 833 ކިލޯމީޓަރު ދުރުގައި އޮތް ޗާގޯސް އާކިޕެލަގޯއަށް ބިންހެލުމެއް މިރޭ އަތުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ. އެއީ އައްޑޫ ސިޓީއާ 833 ކިލޯ މީޓަރު ދުރު ސަރަހައްދެކެވެ.

މެޓުން ބުނި ގޮތުގައި 5.0 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 19:59ގަ އެވެ.

އެކަމަކު މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު ވެސް އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އަ އެވެ. އެއީ ވެސް ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ.