އަޅުގަނޑުމެންގެ ކެއިންބުއިމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މި ޒަމާނުގައި، ބާޒާރުން ފަސޭހައިން ލިބެން ހުންނަ ގިނަ ކާބޯތަކެއްޗަކީ "އުލްޓްރާ-ޕްރޮސެސްޑް" ނުވަތަ ވަރަށް ބޮޑަށް ސިނާއީ ގޮތުން ބަދަލު ކޮށްގެން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ.
އާ ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކާނާއަކީ ހަމައެކަނި ސިއްހަތަށް ގެއްލުންހުރި އެއްޗެއް ނޫނެވެ. މިއީ މަސްތުވާ ތަކެއްޗެކޭ އެއްފަދައިން ސިކުނޑިއަށް ނޭދެވޭ އަސަރުކޮށް، ދެވިހިފާ ފަދަ ކާނާ އެކެވެ.
އުލްޓްރާ-ޕްރޮސެސްޑް ކާނާއަކީ ކޮބާ؟
އުލްޓްރާ-ޕްރޮސެސްޑް ކާނާއަކީ ގޭގޭގައި ކައްކާއިރު އާންމުކޮށް ބޭނުންނުކުރާ އެކި ކަހަލަ ކެމިކަލްތަކާއި، ކުލައާއި، ރަހަޖައްސާ ތަކެތި އަދި "ޕްރިޒަވޭޓިވްސް" އަޅައިގެން ތައްޔާރުކުރާ ތަކެއްޗެވެ.
މީގެ ތެރޭގައި ސޯޑާ، ޕެކެޓްކުރި ބިސްކޯދާއި ޗިޕްސް، އިންސްޓަންޓް ނޫޑްލްސް، ޕެކެޓްކުރި ސޮސޭޖާއި ބާގާ، އަދި އެކި ކަހަލަ ފާސްޓް ފުޑް ހިމެނެ އެވެ.
ދެވިހިފުމުގެ ނުރައްކާ އުފެދޭ ގޮތް
ސިއްހީ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ކާނާ އުފައްދާފައި ހުންނަނީ ގުދުރަތީ ގޮތުން ކާނާގައި ނުހުންނަ މިންވަރަށް ހަކުރާއި، ސުގަރ-ފެޓް ކޮމްބިނޭޝަންތައް އެކުލެވޭ ގޮތަށެވެ.
މިފަދަ ތަކެތި ކެއުމުން ސިކުނޑިން "ޑޯޕަމީން" އުފައްދާ މިންވަރު އަވަސްވެގެންދެ އެވެ. މިއީ ސިނގިރޭޓާއި މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ކުރާ އަސަރާ ވަރަށް އެއްގޮތް އަސަރެކެވެ.
މީގެ ސަބަބުން ބަނޑު ފުރިފައި ހުރިނަމަވެސް އިތުރަށް ކާން ބޭނުންވުމާއި، ކެއުން ކޮންޓްރޯލް ކުރަން ދަތިވުން ފަދަ ކަންކަން މެދުވެރިވެ އެވެ.
ސިއްހަތަށް ހުރި ނުރައްކާތައް
ގަވާއިދުން އުލްޓްރާ-ޕްރޮސެސްޑް ކާނާ ބޭނުންކުރުމަކީ ސިއްހީ ގިނަ މައްސަލަތަކަކާ ގުޅިފައިވާ ކަމެކެވެ.
މިފަދަ ކެއުންތަކުން މާ ބޮޑަށް ފަލަވުމާއި ހަކުރުބަލި ޖެހުމުގެ ނުރައްކާ ބޮޑުވެ އެވެ. އެއާއެކު ހިތުގެ ބަލިތަކާއި، ކެންސަރުގެ ބައެއް ބާވަތްތައް އަދި ނަފްސާނީ ނުތަނަވަސްކަމާއި ޑިޕްރެޝަން ފަދަ ކަންކަމާ މިފަދަ ކާނާ ބޭނުން ކުރުން ގުޅިފައިވާކަން ދިރާސާތަކުން ސާބިތުވެ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ދަޅުކާނާއާއި ޕެކެޓްކުރި ތަކެތި މަދުކުރުން: ކެއުމުގައި ގުދުރަތީ، ތާޒާ ކާނާ (މޭވާއާއި، މޫސުމީ ކާނާ، އަދި ތަރުކާރީ) އިތުރު ކުރުން.
- ގޭގައި ކައްކައިގެން ކެއުން: ގޭގައި ކައްކާ ކާނާގައި އަޅާ އެއްޗެހި ކޮންޓްރޯލް ކުރަން ފަސޭހަވާނެ އެވެ.
- ލޭބަލް ކިޔުން: ބާޒާރުން ތަކެތި ގަންނައިރު އޭގައި އެކުލެވޭ މާއްދާތައް ބަލައި، ކެމިކަލްތަކާއި ހަކުރު ގިނައިން ހުންނަ ތަކެތިން ދުރުހެލިވުން.
ބީއޯސީގެ އެކައުންޓަކުން ޑޮލަރު ވަގަށްނެގި މެނޭޖަރަށް ޖަލު ހުކުމް
އާމިރުގެ ތަފާތު ފެނިލުމަކާއެކު ސަޕޯޓަރުންގެ ތައުރީފު އޮހެނީ!
"ރާއްޖޭގައި ކޮންމެ 5 މީހަކުން 1 ނަފްސާނީ ބަލި ތަހައްމަލުކުރޭ"