ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާ ގުޅިގެން، މިއަދަށް ތާވަލުކޮށްފައި އޮތް މަޖިލީހުގެ ޖަލްސާ ހެނދުނު 11:00 އަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އެ އިދާރާއިން ކަރަންޓު ދިއުމުގެ ސަބަބުން ހެނދުނު 9:00 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ޖަލްސާ ވަނީ ފަސްކޮށްފަ އެެވެ. މި މައްސަލަ ދިމާވުމާ ގުޅިގެން މަޖިލީހުގެ އިދާރީ މަސައްކަތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ޔައުމިއްޔާ ފާސްކުރުމާއި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުންވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ ވަގުތުތަކުގައި މީގެކުރިން ވެސް މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމުގެ ހާދިސާތައް ދިމާވެފައިވެ އެވެ.